މީހުންނަށް ދެރަގޮތް މެދުވެރިވުމަށް އެދުން ހުއްދަތޯ ބައެއް މީހުން ސުވާލުކުރެއެވެ. ޖަވާބަކީ އެއީ އެހައިފަސޭހައިން ކުރެވެން އޮތް ކަމެއް ނޫނެވެ.
މިޘާލަކަށް މީހެއްގެ ނުވަތަ ބައެއްގެ ސަބަބުން މީހަކަށް ނުވަތަ މުޖުތަމަޢުއަށް ނުވަތަ އިސްލާމް ދީނަށް ގެއްލުން ލިބޭނަމަ އެމީހާގެ ކިބައިން ސަލާމަތްކަމަށް އެދެވޭނެއެވެ. އަދި އެގޮތަށް އެދިކުރާ ދުޢާގައި އެމީހާ ބަލިކަށިކޮށް ނިކަމެތިކޮށްދެއްވެވުމަށް އެދެވިދާނެއެވެ.
ނަމަވެސް މީހަކާއިމެދު ތިމާ ހިތްހަމަނުޖެހޭއިރަށް ނުވަތަ މީހެއްގެ ކިބައިން ތިމާ ބޭނުންވާ ކަމެއް ޙާޞިލުނުކުރެވޭއިރަށް ނުވަތަ ތިމާގެ އުފަލަކަށް ހުރަސްއެޅޭއިރަށް އެމީހަކަށް ދެރަގޮތް މިންވަރުކުރެއްވެވުމަށް އެދުން ހުއްދައެއް ނުވާނެއެވެ.
މިސުވާލު ގިނައިން އުފައްދަނީ އެހެން މީހަކު ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ޖަހައިގަތުން ފަދަ ކަންކަމުގައެވެ. އަހުރެން ބުނާނީ އެޙާލަތުގައިވެސް އެކަންކުރި މީހާއަށް ބަދުދުޢާ ނުކުރުމަށެވެ. ފުރަތަމަ ސަބަބަކީ އޭނާއަށް ދެރަގޮތެއް މެދުވެރިވުމަކުން ތިބާއަށް ކުރާނެ ޙަޤީޤީ ފައިދާއެއްވެސް ނެތެވެ. ތިބާއަށް ފައިދާކުރާނީ ގެއްލުނު އުފާވެރިކަމުގެ ބަދަލުގައި ތިބާއަށް ރަނގަޅު ގޮތް މެދުވެރިވެ އުފާވެރިކަން ލިބުމުންނެވެ.
ވީމާ އަހުރެން ބުނާނީ އެޙާލަތުގައިވެސް އެއްވެސް މީހަކަށް ދެރަގޮތެއް މެދުވެރިވުމަށް ނުއެދޭށެވެ. ދިމާވި ޙާލަތު ﷲ ތަޢާލާއަށް ވަކީލްކޮށް ކުރިއަށްވުރެ ރަނގަޅު، އުފާވެރި ދިރިއުޅުމެއް ދެއްވެވުން އެދިގެން ދުޢާކުރާށެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ލައްވަވާ ރަޙްމަތް މާބޮޑުވާނެތެވެ! އިން ޝާ ﷲ
މަޢުލޫމާތު: އިސްލާމް ކިޔޫއޭގެ ޖަވާބެއް އަޞްލަކަށް ބަލައިގެން
ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ޖަހައިގަތީމާ ދުޢާކުރަން އެންމެ ފައިދާހުރި ގޮތް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ