ޣައްޒާ ސަރަޙައްދުގެ އެކި ހިސާބުތަކުގައި އިސްރާއީލުގެ ވައިގެ އަދި އެއްގަމުގެ މަގުން ކުރިއަށްގެންދާ ޢުދުވާނީ ޙަމަލާތަކުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް މަދުވެގެން 72 ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، 174 މީހުންނަށް އަނިޔާވެފައިވާކަމަށް އެ ސިޓީގެ ޞިއްޙީ ވުޒާރާއިން އިއުލާނުކޮށްފިއެވެ.
މަސްތަކެއް ވަންދެން ދެމިގެން ގޮސްފައިވާ މި އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން މިހާރުވެސް ޚިދުމަތްދިނުމުގެ ޤާބިލުކަން ގެއްލިފައިވާ ހޮސްޕިޓަލްތަކަށް، އިތުރު ޙަމަލާތައް އަމާޒުކުރަމުންދާއިރު، ގިނަ ޢަދަދެއްގެ ޝަހީދުންގެ ހަށިކޮޅުތަކާއި އަނިޔާވެފައިވާ އާންމު ރައްޔިތުން ގެނެވުނުކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މާރޗް މަހު އިސްރާއީލާއި ޙަމާސްއާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައި ފަހުން، މަދުވެގެން 6،008 ފަލަސްޠީނުން ޝަހީދުވެ، 20،591 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާކަމަށް ރަސްމީ ފަރާތްތަކުން މަޢުލޫމާތު ދެއްވާފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު މި ޢުދުވާނީ ޙަމަލާތައް ފެށުނީއްސުރެ މިހާތަނަށް ޖުމްލަ 56،331 ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، 132،632 މީހުންނަށް އަނިޔާވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ އެ ސަރަޙައްދުގެ ފަހުގެ ތާރީޚުގައި އެންމެ ގިނަ މީހުން ޝަހީދުވެ އަދި އެންމެ ދިގު މުއްދަތަކަށް ދެމިގެންދިޔަ ޢުދުވާނީ ޙަމަލާތަކުގެ ތެރެއިން އެއް ޙަމަލާއެވެ.
އިސްރާއީލުގެ ސިފައިން ބުނެފައިވަނީ އެމީހުންގެ އޮޕަރޭޝަންތައް އަމާޒުކުރަނީ ޙަމާސްގެ އަސްކަރީ ވަސީލަތްތަކަށް ކަމަށެވެ. ނަމަވެސް ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ވަނީ ޣައްޒާގައި އާންމު ރައްޔިތުންގެ ޝަހީދުވާ މިންވަރު އިތުރުވަމުންދާ ކަމާއި، އިންސާނީ ކާރިސާއަކާ ކުރިމަތިވަމުންދާކަމާމެދު ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male‘ Maldives© Copyright 2020, Dhuvas.mv, All Rights Reserved
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ޣައްޒާގެ 72 ރައްޔިތުން ޝަހީދުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ