އުފަންވާ ކުދިންގެ އާބާދީ އިތުރު ކުރުމަށްޓަކައި ދަރިމައިވުމުގެ ކަންކަމަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދިނުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އިލްތިމާސްކުރައްވައިފި އެވެ.
ސްޓޭޓް އޮފް ދި ވޯލްޑް ޕޮޕިއުލޭޝަން (ސްވޮޕް) ރިޕޯޓް ނެރުމަށް މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މި މައްސަލަގައި ދިމާވާ ގޮންޖެހުންތަކަށް ރިޢާއަތްކޮށް ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ އާއިލާއެއް ބިނާކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ކަށަވަރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ސްޓޭޓް އޮފް ދި ވޯލްޑް ޕޮޕިއުލޭޝަން (ސްވޮޕް) ރިޕޯޓަކީ ޔުނައިޓެޑް ނޭޝަން ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން ދުނިޔޭގެ އާބާދިއަށް އަންނަ ބަދަލުތަކާއި މިކަމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައިގެން ކޮންމެ އަހަރަކު އެއްފަހަރު ނެރޭ ރިޕޯޓެކެވެ. މި ރިޕޯޓްގައި ދެމެހެއްޓެނިވި ތަރައްޤީއާއި، ދަރިމައިވުމުގެ ސިއްޙަތާއި، އިންސާނީ ޙައްޤުތަކާއި، މީންތީގެ ހަމަހަމަން އަލިއަލުވާލާފައިވެ އެވެ.
އުފަންވާ ކުދިންގެ އާބާދީ އިތުރުކުރަން މަސައްކަތް ކުރަންޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ