ޖުމްހޫރީ ޕާޓީގެ ގްރޫޕަކުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަމިއްލަފުޅަށް ނިކުމެވަޑައިގެންނެވިކަމަށް ދެކެވޭ ވާހަކަތައް އެޕާޓީން ދޮގުކޮށްފިއެވެ.
ޖޭޕީގެ ވައިބަރ ގްރޫޕްތައް ގާސިމް ދޫކޮށްލެއްވިކަމަށް ބައެއް އޮންނައިލް ނޫސްތަކުންވަނީ ރިޕޯޓްކޮށްފައެވެ.
އެކަމާއި ގުޅިގެން ޖެޕީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހް ޖޭޕީގެ މީޑިއާ ވައިބަރ ގުރޫޕްގައި ވިދާޅުވީ ގާސިމް ޖޭޕީގެ ވައިބަރ ގުރޫޕްތައް ދޫކޮށްލެއްވިކަމަށް ބުނެ ފަތުރާފައިވަނީ ދޮގު ހަބަރެއް ކަމުގައެވެ.
އަލީ ސޯލިހް ވިދާޅުވީ ގާސިމް ޖަރުމަނުގައި ހުންނެވިއިރު ގެންގުޅުއްވި ޖަރުމަނު ފޯން ނަމްބަރު ޖޭޕީގެ ވައިބަރ ގުރޫޕްތަކުން މިހާރު ރިމޫވް ކުރައްވާފައިވާ ކަމުގައެވެ. ނަމަވެސް ގާސިމްގެ ރާއްޖޭގެ ނަމްބަރުތައް އަދިވެސް ވައިބަރ ގުރޫޕްތަކުގައި ބޭނުން ކުރައްވަމުން ގެންދަވާކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކަށްފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށްފަހު ހުންނެވީ ޖަރުމަނުގައެވެ. އެނބުރި ގާސިމް ގައުމަށް ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ނާކާމިޔާބުވި ހިސާބުންނެވެ.
ޖޭޕީގެ ގުރޫޕްތައް ގާސިމް ދޫކޮށްލެއްވިކަމުގެ ވާހަކަތައް ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ