ވަގަށް ނެގި ލޯ ގޯންޏެއް ހޯދާ މީހަކު ހައްޔަރުކޮށްފި

ހއ. ހޯރަފުށީގައި ވަގަށް ނެގި ލޯ (ކޮޕާ) ގޯންޏެއް ހޯދާ ތުހުމަތު ކުރެވޭ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓު ކުރީ އިއްޔެގެ 10:07 ހާއިރެވެ. ވަގަށް ނެގި ގޯނި ފެނިފައި ވަނީ އެރަށުގައި އުޅޭ ބިދޭސީއަކަށް ވިއްކާލާފައި ވަނިކޮށެވެ.
އެތަކެތި ހޯދުމަށް ފަހު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އަދި ތުހުމަތު ކުރެވޭ އުމުރުން 21 އަހަރުގެ މީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ އެ މީހާއަކީ އެރަށުގައި ހިންގާ ގިނަ ކުށްތަކަށް އަރައިގަންނަ މީހެއްކަން މިހާތަނަށް ފާހަގަކުރެވިފައިވާ މީހެއް ކަމަށެވެ. އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ