މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި، ރައީސް މައުމޫން ބައްދަލުކުރައްވަނީ

ލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދުގެ ޚާއްސަ ދައުވަތަށް މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫންގެ ގާތްބޭފުޅަކު ވިދާޅުވީ މި ބައްދަލްވުން އޮންނާނީ މާދަމާކަމަށެވެ.
މި ބައްދަލްވުމުގެ މައިގަނޑު ބޭނުމަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކޮށް، އެ ބޭފުޅުންގެ ހާލު އޮޅުންފިލުއްވުންކަމަށް ވިދާޅުވިއެވެ.
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ރައީސް މައުމޫން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ކުއަލަލަންޕޫރުގައި ހުންނަ ސެރީ ޕެސިފިކް ހޮޓެލްގައި އާދިއްތަ ދުވަހުގެ 4:30ގައެވެ.
މި ބައްދަލުވުމުގައި މެލޭޝިއާގައި ދިރިއުޅޭ ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަށް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.
އެމްއާރްއެމްގެ ފަރާތުން ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުލްގައްޔޫމް، މެލޭޝިޔާގެ ބޮޑުވަޒީރު ޓުން ޑރ. މަހާތިރް ބިން މުހައްމަދާއި ބައްދަލުކުރައްވާފައިވާއިރު، ރައީސް މައުމޫން އާއި މެލޭޝިޔާގެ ބޮޑުވަޒީރުގެ މިބައްދަލުކުރެއްވުމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ޑރ. މަހާތިރު، ރާއްޖެ ވަޑައިގެންނެވުމަށް އެދި ދެއްވި ދައުވަތުގެ ސިޓީފުޅެއް މަހާތިރުގެ އަތްޕުޅަށް ވަނީ އަރުއްވާފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހް ދެއްވި ދައުވަތު ޑރ މަހާތީރު އުފަލާއެކު ގަބޫލުފުޅުކުރެއްވިކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އެދިވަޑައިގަތުމުގެ މަތިން، ދިވެހިންނަށް ދަތިވެފައިވާ ވިސާގެ މައްސަލަ ރައީސް މައުމޫން، ޑރ. މަހާތިރާއި ހިއްސާކުރެއްވިއެވެ. އަދި އެކަމުގައި ޑިޕްލޮމެޓިކް ޗެނަލްއިން މަސައްކަތްކޮށް އަވަސް ހައްލެއް ލިބިވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް މައުމޫން، ވަނީ ބޮޑު ވަޒީރު އަރިހުގައި ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ