ސުޕްރީމް ކޯޓު އިންސާފުގެ މަގުން ހިންގެވުމަށް އެޓާނީ ޖެނެރަލް ގޮވާލައްވައިފި

ޤާނޫނު އަސާސީގައި ޢަދުލު އިންސާފުގެ އެންމެ މަތީ ބާރު ކަމަށް ބަޔާންކޮށްފައިވާ ސުޕްރީމް ކޯޓުވެސް ހިންގަންވާނީ އިންޞާފުގެ މަގުން ކަމަށް އެޓާނީ ޖެނެރަލް އިބްރާޙީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނާއިބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާނޫނު އަސާސީގައި ވަނީ ދައުލަތުގެ ބާރުތަކުގެ އިންތައް ސާފުކޮށް ބަޔާންކޮށްދީފައިވާ ކަމަށެވެ.
ޢަދުލު އިންޞާފުގެ އެންމެ މަތީ ފަރާތް ކަމަށްވާ ސުޕްރީމް ކޯޓުވެސް ހިންގަންވާނީ އިންޞާފުގެ މަގުން ކަމަށާއި ފަނޑިޔާރުން ޖަވާބުދާރީކޮށް، ފާރަވެރިވެގެން މެނުވީ އިންޞާފު ޤާއިމުވެއްޖެކަމުގެ އިޚްސާސް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. ޤާނޫނުއަސާސީގައިވަނީ ދައުލަތުގެ ބާރުތަކުގެ އިންތައް ސާފުކޮށްބަޔާންކޮށްދީފަ. ޢަދުލުއިންޞާފުގެ ބާރު/ސުޕްރީމް ކޯޓުވެސް ހިނގަންވާނީ އިންޞާފުގެ މަގުން. ޤާނޫނުއަސާސީގައިވާ ގޮތަށް ފަނޑިޔާރުން ޖަވާބުދާރީކޮށް، ފާރަވެރިވެގެން މެނުވީ އިންޞާފު ޤާއިމުވެއްޖެކަމުގެ އިޚްސާސެއް ނުކުރެވޭނެ.— I.Riffath (@ibriffath) June 17, 2019
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދި ސަސްޕެންޝަން ދަމަހައްޓަން ޖުޑީޝަލް ސަވިސް ކޮމިޝަން (ޖޭއެސްސީ) ނިންމާފައިވާ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.
ޖޭއެސްސީ ޖަވާބުދާރީ ކުރަންޖެހޭނީ ދިވެހިރާއްޖޭގެ ގާނޫނު ހެދުމުގެ ބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހުވެސް މިއަދު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ