ގެއްލިގެން ހޯދާ 14 އަހަރުގެ ކުއްޖާ އަދިވެސް ނުފެނޭ

މިދިޔަ އަންގާރަ ދުވަހު ގެއްލިގެން، ހޯދަން އިއުލާން ކުރި 14 އަހަރުގެ ފިރިހެން ކުއްޖާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ގެއްލިގެން ހޯދަމުންދާ ކުއްޖަކީ އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ އެވެ. އެކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 09:29 ހާއިރެވެ.
އެކުއްޖާ ގެއްލުނުތާ މިހާރު ހަތަރު ދުވަސް ވެފަިއވާއިރު އެކުއްޖާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެމައްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ދީފައެއް ނުވެ އެވެ.
އެކުއްޖާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ މައުލޫމާތު ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާ ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ. އެ ޑިޕާޓްމަންޓަށް ގުޅޭނީ 3000600 ނަންބަރު ފޯނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ