އަބުރު ގެއްލުމުގެ ބަދަލަށް 52 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރުގެ މައްޗަށް ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދު ދައުވާކުރައްވައިފި އެވެ.
އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު މިއަދު ވިދާޅުވީ މަދަނީ ކޯޓަށް މިއަދު ހުށަހެޅި ދައުވާއަކީ މަގާމުގެ ހައިސިއްޔަތުން ޖިނާއީ ކޯޓުގެ އިސް ގާޒީ ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ކަންތައްތަކާ މެދު މީހުންގެ ހިތްތަކުގައި އިތުބާރު ގެއްލޭ ފަދަ ގޮތަކަށް، ވާހަކަ ދައްކަވައި އެމަނިކުފާނަކީ "ކުޑަކުދިންނާ ބެހޭ ވަރަށް ނުރައްކާތެރި މީހެއް" ކަމަށް ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރު ވިދާޅުވުމުން ކުރެއްވެވި ދައުވާއެއް ކަމަށެވެ.
"ސްޓޭޓް މިނިސްޓަރު އަސްލަމް ދެއްކެވި ވާހަކަފުޅުގެ ސަބަބުން އިސް ގާޒީގެ އަބުރާއި އިއްޒަތާއި ކަރާމާތް ވަނީ ގެއްލިފައި،" ވަކީލު ވިދާޅުވި އެވެ.
އިސް ގާޒީގެ ފަރާތްޕުޅުން ކުރެއްވި ދައުވާއާ ބެހޭ ގޮތުން ވަކީލު އިތުރަށް ވިދާޅުވީ ސްޓޭޓް މިނިސްޓަރު އަސްލަމް އަމަލު ކުރެއްވެވި ގޮތުން އިސް ގާޒީ އަށް ލިބިވަޑައިގެންނެވި މާނަވީ ގެއްލުމާއި މާއްދީ ގެއްލުމުގެ ބަދަލަށް ޝަރީއަތުން 52،056،000ރ. ނަގައިދިނުމަށް ދައުވާގައި އެދިފައިވާނެ ކަމަށެވެ.
އެ ދައުވާ ކުރެއްވީ ޖުލައި ،15 2009 ދުވަހުގެ ރޭ ވީޓީވީ ފޮނުވި "ހަވަރުބެރު" ޕްރޮގްރާމްގައި ސްޓޭޓް މިނިސްޓަރު އިސް ގާޒީގެ ޒާތީ މިނިވަން ކަމުގެ ހައްގަށް ހުރަސް އަޅުއްވައި އެމަނިކުފާނުގެ އިއްޒަތާ ކަރާމާތަށް އުނިކަން ލިބޭނެހެން އަބުރާބެހިވަޑައިގެންފައި ވާތީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވައިދުގެ ތިން ވަނަ މާއްދާގެ (ހ) އާއި (ށ) އަދި މިކަމާ ގުޅޭ އެހެން މާއްދާތަކުގެ ދަށުން ކަމަށް ވެސް ވިދާޅުވި އެވެ.
ދައުވާގައި އިސް ގާޒީ ވިދާޅުވެފައި ވަނީ އެ މަނިކުފާނަކީ ވަކި ފަރާތަކަށް ނުޖެހޭ، އެއްވެސް ފަރާތެއްގެ ނުފޫޒަކަށް ބެލުމެއް ނެތި ޒާތީ ތައައްސުބުން އެއްކިބާވެގެން އަދުލު އިންސާފު ގާއިމު ކުރުމަށް ހުންނެވި ޖިނާއީ ކޯޓުގެ އިސް ގާޒީ އަށް ވީހިނދު އެ މަނިކުފާނު ފަދަ ބޭފުޅަކާ ދޭތެރޭ މުޖުތަމައުގައި އޮންނަންޖެހޭ އިތުބާރާއި ޔަގީންކަން ގެއްލޭ ފަދަ ގޮތަކަށް ސްޓޭޓް މިނިސްޓަރު ވާހަކަ ދެއްކެވުމުން މާނަވީ ގޮތުންނާއި މާއްދީ ގޮތުން އެމަނިކުފާނަށް ގެއްލުން ލިބިވަޑައިގެންފައިވާ ކަމަށެވެ.
އިސް ގާޒީގެ ވަކީލު ވިދާޅުވީ ދިވެހި ސަރުކާރުގެ އިސް ވެރިޔަކު ޝަރުއީ ދާއިރާގެ އިސްވެރިއެއްގެ އަބުރާއި ކަރާމާތް ނަގާލުމަކީ އާދައިގެ މައްސަލައަކަށް ނުވާ ކަމަށާއި މިއީ ވަރަށް ބޮޑު މައްސަލައަކަށް ވެގެންދާނެ ކަމަށެވެ.
މިނިސްޓާ އޮފް ސްޓޭޓް ފޯ ހައުސިން ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓް އަސްލަމް ޝާކިރަކީ މިވަގުތު ރައީސް އޮފީހުގެ ޕޮލިސީ އޮފީސް ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިޔާ ވެސް މެ އެވެ.
ޖިނާއީ ކޯޓުގެ އިސް ގާޒީގެ ފަރާތްޕުޅުން މި ދައުވާ ކުރެއްވި އިރު ކޯޓުގެ ހުރުމަތް ނަގާލާފައިވާ ކަމަށް ބުނެ އެކަން ތަހުގީގުކޮށް ޝަރީއަތަށް ފޮނުއްވައި ދެއްވުމަށް އެދި ޖިނާއީ ކޯޓުން ވެސް ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރާ ބެހޭ މައްސަލައެއް ފުލުހުންގެ އިދާރާ އަށް ވަނީ ފޮނުވައިފަ އެވެ.
އަބުރުގެ ބަދަލަށް 52 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރުގެ މައްޗަށް ޖިނާއީ ކޯޓުގެ އިސް ގާޒީ ދައުވާކުރައ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ