ދެ ކޮރެއާއިން ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރަނީ

އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ ދެމެދުގައި ސުލްޙައިގެ އެއްބަސްވުމެއް ޤާއިމްކޮށް މިއަހަރު ތެރޭގައި އެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފިއެވެ.
ދެ ކޮރެއާއިން މިގޮތަށް ނިންމާފައިވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން މިއަދު ބައްދަލުކުރައްވައި ކުރެއްވެވި މަޝްވަރާތަކުގައެވެ.
ދެ ކޮރެއާ ގުޅޭ ޑީމިލިޓަރައިޒްޑް ޒޯން (ޑީއެމްޒެޑް)ގައި އޮންނަ އަވަށެއް ކަމަށްވާ ޕަންމުންޖޮމްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ދެ ލީޑަރުން ވަނީ 'ޕަންމުންޖޮމް ޑެކްލަރޭޝަން'ގައި ސޮއި ކުރައްވައިފައެވެ.
އެ ޑެކްލަރޭޝަންގައި ވަނީ 1950 އިން 1953 އަށް ދެ ކޮރެއާގެ މެދުގައި ކުރިއަށް ދިޔަ ހަނގުރާމަ ރަސްމީކޮށް ނިންމާލުމުގެ ގޮތުން، އެދެ ގައުމުން މިއަހަރު ތެރޭ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމައިފައެވެ.
އެހަނގުރާމަ މީގެ ކުރިން ނިންމާލީ ސުލްހައިގެ އެއްބަސްވުމެއް ހެދުމުގެ ބަދަލުގައި ދެގައުމުން ހަމަލާ ބަދަލު ކުރުން ހުއްޓާލަން ހެދި އެއްބަސްވުމަކާ އެއްކޮށެވެ.
އެހަނގުރާމަ މީގެ ކުރިން ނިންމާލީ ސުލްހައިގެ އެއްބަސްވުމެއް ހެދުމުގެ ބަދަލުގައި ދެގައުމުން ހަމަލާ ބަދަލު ކުރުން ހުއްޓާލަން ހެދި އެއްބަސްވުމަކާ އެއްކޮށެވެ.
އުތުރު ކޮރެއާގެ ލީޑަރު ދެކުނު ކޮރެއާއަށް މިއަދު ކުރެއްވި ދަތުރުފުޅަކީ 1953 ވަނަ އަހަރުގެ ފަހުން އުތުރުގެ ލީޑަރަކު ދެކުނު ކޮރެއާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި ދެ ގައުމު ވަކިކޮށްދޭ ބޯޑަރު ކިމް ހުރަސް ކުރެއްވި ފަހުން، ރައީސް މޫން ޖޭ އިންވެސް ވަނީ ބޯޑަރު ހުރަސް ކުރައްވައި އުތުރު ކޮރެއާގައި ކުޑަ ވަގުތުކޮޅަކަށް މަޑުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ