ސުޕްރީމް ކޯޓުގެ ހުކުމަކީ ރައްޔިތުން ބޭނުންވާ ބަދަލުގެ ފެށުން: އަބްދުﷲ ކަމާލުއްދީން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ރައްޔިތުން އެދޭ ބަދަލު, ފެށުމުގެ އަސްލު ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރ އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
 
ގުޅިފައިވާ ޕާޓީތަކުން ގއ.ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާއި މެދު އެއްވެސް ރައްޔިތަކު ދެރަވާނެ ކަމެއް ނެތް ކަމަށާއި އެކަމުގެ ސަބަބުން ދެރަ ކަންތައްތަކާއި ކުރިމަތިލާން ޖެހޭނެ ބަޔަކު ތިބޭނެ ކަމަށެވެ.
 
ޤާނޫނު އަސާސީއަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާއިރު މިއަދު ވަކި ބަޔަކު ބޭނުންވުމުން ޤާނޫނު އަސާސީއަށް ބަދަލު ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
 
ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ވާހަކަދައްކަނީ ސަރުކާރުން ކުރާ ނުރަނގަޅު ކަންތައްތައް ކިޔައިދީ ސަރުކާރު ހަމަ މަގަށް އެޅުވުމަށް ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
 
އެހެންކަމުން މިއީ ވެރިކަން ބަދަލުކުރުމަށް ކުރާ ކަމެއް ނޫން ކަމަށާއި ޤާނޫނު އަސާސީން ވެރިކަން ބަދަލު ކުރެވޭނެ ވަރަށް ގިނަ ހަމަތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.
 
ޤާނޫނު އަސާސީގެ ތެރެއިން ރައްޔިތުންނަށް އެބާރު ދީފައި ހުރިކަން ފާހަގަކުރައްވާ އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ރައްޔިތުންގެ ރައީސް މަސީހާއި ދެކޮޅަށް ވޯޓް ދިނުމަށް ސޮއިކުރި މެމްބަރުން އެކުރެއްވީ ޤައުމީ މަސައްކަތެއް ކަމަށެވެ.
 
އެހެންކަމުން މިއަދު މެމްބަރުން އެފެއްޓެވީ ގައުމަށް މިއަދު ބޭނުންވެފައި އޮތް އިސްލާހީ މަސައްކަތެއް ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
 
 
 
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ