މިދިޔަ މަހުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާއި އޭގެ ފަހުން ދެވަނަ ބުރުގެ އިންތިހާބު ބޭއްވުމަށާއި އަދި މިއަދު ބާއްވަން އުޅުނު އިންތިހާބާއި 70 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ސެކެރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިހާބުން ފެށިގެން މިއަދާ ހަމައަށް ރިޔާސީ އިންތިހާބަށް 70 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ އިންތިހާބުގެ ކަންތައްތަކަށް ބޮޑެތި ޚަރަދުތަކެއްކޮށް އެތަށް އޮފިޝަލުން ރާއްޖޭގެ އެކިކަންކޮޅުތަކަށާއި، ރާއްޖޭން ބޭރަށް ފޮނުވާފައިވާއިރު، އިންތިޚާބު ކެންސަލްވެގެން ދިޔަ ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މަނިކު ވިދާޅުވީ އިންތިހާބު މިއަދު ކެންސަލްކުރުމާއި ގުޅިގެން އެމީހުންވެސް ބޭތިއްބެން ނެތް ކަމަށާއި، އެމީހުންވެސް ހަމަޖެހިފައިވާ އުސޫލުން އަދި އިންތިޒާމް ކުރެވިފައިވާ ގޮތަށް އެންމެ ލަސްވެގެން މާދަމާ މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބާއްވަން މަސައްކަތް ކުރި އިންތިޚާބަށް ފުލުހުން ހުރަސްއެޅުމާއި ގުޅިގެން ކެންސަލްކޮށްފައިވާއިރު އިންތިހާބު ނުބޭއްވުމާއި ގުޅިގެން އަނެއްކާވެސް ރާއްޖޭގެ މަސްރަހު ހޫނުވުމަކީ އެކަށީގެންވާ ކަމެކެވެ.
ރިޔާސީ އިންތިހާބަށް 70 މިލިއަން ރުފިޔާ ހަރަދުވެއްޖެ - އިލެކްޝަންސް ކޮމިޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ