އަލީ ޒާހިރު އާއި މައުމޫން ހަމީދުއަށް ކްރިމިނަލް ކޯޓުން ނަސޭހަތް ދީފި!

އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންގެ ގާނޫނޫ ވަކީލް އަދި އެޕާޓީގެ ނައިބް އަލީ ޒާހިރު އާއި މޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދުއަށް ކްރިމިނަލް ކޯޓުން ނަސޭހަތްދީފިއެވެ.
މިއަދު މެންދުރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް މިދެބޭފުޅުންނަށް ކޯޓާއި ގުޅޭ ގޮތުން ދައްކަމުންދާ ވާހަކަ ހުއްޓާލުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މައުމޫން ހަމީދު ކޯޓަށް ހާޒިރު ކުރީ އެމަނިކުފާން ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންއަށް 12 އަހަރުގެ ޖަލު ހުކުމެއް ކުރެއްވުމާއި ގުޅިގެން އެމަނިކުފާންގެ ގާނޫނީ ވަކީލް އަލީ ޒާހިރުވަނީ ކޯޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އަލީ ޒާހިރު އާއި މައުމޫން ހަމީދަށް ކްރިމިނަލް ކޯޓުން މިއަދު ނަސޭހަތްތެރިވި އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯ ނެގި މައްސަލާގައި ގައުމީ ޓީމްގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) ވަނީ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.
ކްރިމިނަލް ކޯޓުގެ ލެޓަ ހެޑްގައި ގާޒީ ބާރީގެ ނަމުގައި ޕޮލިސް ކަމިޝްނާރ އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ޖަސްޓިން ބިލްޑިން ކައިރީ އޮންނަ ގޯޅިގަނޑެއްގައި މިދިޔަ ބުރާސްފަތި ދުވަހު ހަވީރު އޭނާ ހުންނަވަނިކޮށް، ސައިކަލެއްގައި ދިޔަ މީހަކު، "ކަލޭމެން ގާޒީން ކަންތައް ކުުރާގޮތް އަހަރުމެންނަށް އެނގެއޭ" ބުނެ ބާރީގެ ފޮޓޯ ނަގާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހްގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ