ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން "އޮޅިގެން" ހުޅުމީދޫ ފިހާރައަކުން ކަރަންޓު ކަނޑާލައިފި !

އައްޑޫ ސިޓީ، ހުޅުމީދޫގެ ފިހާރައަކަށް ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ފޮނުވި ނޯޓިސްގެ މުއްދަތު ހަމަވުމުގެ ކުރިން "އޮޅިގެން" ކަރަންޓު ކަނޑާލައިފިއެވެ.
ސ.ހުޅުދޫ އައިލެންޑް ޑޮމިނޯ ފިހާރައަށް އިއްޔެގެ ވަގުތެއްގައި ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ފޮނުވި ނޯޓިސްގައި ވަނީ މެއި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ކަރަންޓު ބިލް ނުދައްކައިފިނަމަ ކަރަންޓު ކަނޑާލާނެކަމަށެވެ. އެހެން ނަމަވެސް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އެފިހާރައިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާފައެވެ.
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި އެފިހާރައިގެ ފަރާތުން، ނޯޓިސްގައި ބުނެފައިވާ މުއްދަތަށް ވުރެ ކުރިން ކަރަންޓު ކެނޑި މައްސަލަ ކޯޓަށް ހުށަހެޅުމުން ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ވަނީ އެފިހާރައަށް އަލުން ކަރަންޓު ގުޅައިދީފައެވެ. ކޯޓަށް ހުށަހެޅި މައްސަލަ އާއި މެދު އަދި ކޯޓުން ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.
ފެނަކަ ކޯޕަރޭޝަނުގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ހުޅުމީދޫ ފިހާރައަކުން ކަރަންޓު ކަނޑާލެވުނީ "އޮޅިގެން" ކަމަށާއި އެކަން އެނގުމާއި އެކު އަލުން ކަރަންޓުގެ ޚިދުމަތް ގުޅާދީފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ