ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ވީ.އޭ.އެމް ޔޫތު ޗެމްޕިއަންޝިޕް 2016 ގެ އަންހެން ޑިވިޜަންގައި މިއަދު ހަވީރު ޕޮލިސް ކުލަބާއި މާތޮޑާ ސްޕޯޓްސް ކުލަބް ވާދަކުރާނެއެވެ.
މިއަދު ހަވީރު 16:15 ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅޭ މި މެޗަކީ ޕޮލިސް ކުލަބަށް މުހިއްމު މެޗަކަށް ވާއިރު މި މެޗުން ޕޮލިސް ކުލަބް މޮޅުވެއްޖެނަމަ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި މެޗުން ޕޮލިސް ކުލަބަށް ޕޮއިންޓެއް ލިބުނުކަމުގައި ވިޔަސް އަންހެން ޑިވިޜަންގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.
މިމެޗަށް ޕޮލިސް ކުލަބު ނުކުންނައިރު ޕޮލިސް ކުލަބުން ވަނީ މުބާރާތުގައި ކުޅުނު ދެ މެޗުވެސް ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އަދި ޕޮލިސް ކުލަބާ ދެކޮޅަށް ނުކުންނަ މާތޮޑާ ސްޕޯޓްސް ކުލަބުވެސް ވަނީ މުބާރާތުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ.
ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ޕޮލިސް ކުލަބެވެ.
ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕް: ޕޮލިސް ކުލަބާއި މާތޮޑާ ސްޕޯޓްސް ކުލަބް ވާދަކުރާ މެޗު މިއަދު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ