ރައީސްއަށް މަރުހަބާ ކިޔަން ސްކޫލް ކުދިން އަބަދުވެސް ނުކުންނާނެ: ނިހާން

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ރަށްރަށަށް ވަޑައިގަންނަވާއިރު، ސްކޫލް ކުދިން މަރުހަބާ ކިޔަން އަބަދުވެސް ނުކުންނާނެ ކަމަށާއި އެއީ ހަމައެކަނި ޕީޕީއެމްއިން ކުރާ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ. އަލިފުޅު ތުއްތު ފައުންޑޭޝަނުން ކ. ދިއްފުށީގައި ގާއިމް ކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އިއްޔެ ވަނީ އެރަށަށް ވަޑައިގެންފައެވެ. ރައީސް ސޯލިހު ދިއްފުއްޓަށް ވަޑައިގަންނަވާތީ، އެރަށު ސްކޫލުން ވަނީ، އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ގްރޭޑް ހަތަކުން މަތީގެ ދަރިވަރުން ރަސްމީ ޔުނީފޯމްގައި ނެރުމަށް ބެލެނިވެރިންގެ ކިބައިން އެދިފައެވެ.  އަދި އެރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި އެކުދިން ބައިވެރި ކޮށްދިނުމަށްވެސް އެދިފައިވެއެވެ. އެކަމާއި ގުޅިގެން، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާން ވިދާޅުވީ، އެކަން އެގޮތަށް ކުރަނީ ހަމައެކަނި ޕީޕީއެމްއިން ނޫން ކަމަށެވެ.  ހުރިހާ ސަރުކާރެއްގައިވެސް ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ ބޭފުޅަކަށް މަރުހަބާ ކިޔަން ސްކޫލްތަކުގެ ދަރިވަރުން ނުކުންނަ ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.
ނިހާން އެހެން ވިދާޅުވިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން، މަރުހަބާ ދެންނެވުމަށް ސްކޫލް ކުދިން ބަނދަރު ސަރަހައްދަށް ނެރޭ ކަމަށް ބުނެ އޭރު ސަރުކާރާއި އިދިކޮޅުގައި ތިބި މީހުން ވަނީ ފާޑުކިޔާފައެވެ. އެގޮތުން ރައީސް ޔާމީން ރަށްރަށަށް ވަޑައިގަންނަވާއިރު ސްކޫލް ކުދިން ތިބެނީ އަވީގައި އެމަނިކުފާނަށް މަރުހަބާ ދަންނަވަން ކަމަށާއި، އެއީ ސްކޫލް ކުދިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ކުރުވުން ކަމަށްވެސް އޭރު ބައެއް މީހުން ވަނީ ބުނެފައެވެ.
ފަތޯނާ ފާއިޒް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ރައީސްއަށް މަރުހަބާ ކިޔަން ސްކޫލް ކުދިން އަބަދުވެސް ނުކުންނާނެ: ނިހާން
10 މިނެޓް ކުރިން
ޕާކިސްތާނުގެ ސިޔާސީ ޕާޓީއެއްްގެ އިސްވެރިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
12 މިނެޓް ކުރިން
ފީނުމަށް އެންމެ މަޤްބޫލް މަންޒިލަކަށް އަނެއްކާވެސް ރާއްޖެ
21 މިނެޓް ކުރިން
ރެއިންބޯ އެންޓަޕްރައިސަސްގެ އިޔާއެންޑް ސޭލް ފަށައިފި
21 މިނެޓް ކުރިން
އެއްބަސްވުމުގައި މައުމޫން ސޮއި ނުކުރެއްވީ 25 އިންސައްތަ ނުލިބޭތީ
31 މިނެޓް ކުރިން
ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި
1 ގަޑި ކުރިން
އަލިފާން ނިއްވާ ސައިކަލް ތައާރަފްކޮށްފި
23 ގަޑި ކުރިން
އެމްޑީޕީއިން ކޯލިޝަން އެއްބަސްވުން އުވާލައި ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމައިފި
2 ގަޑި ކުރިން
ވައުދާއި އަހުދަށް ވަފާތެރިވުމަށް އަނާރާ ގޮވާލައްވައިފި
1 ގަޑި ކުރިން
ރައީސް ސޯލިހުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި
1 ގަޑި ކުރިން
ފުލުހުންގެ އެކަމޮޑޭޝަން އިމާރާތެއްގައި ރޯވެ ދެފުލުހަކަށް އަނިޔާވެއްޖެ
2 ގަޑި ކުރިން
އެއްބަސްވުމުގައި މައުމޫން ސޮއި ނުކުރެއްވީ 25 އިންސައްތަ ނުލިބޭތީ
31 މިނެޓް ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ