ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް އަލުން ހުށަހެޅުމުން ކުރިއަށްގެންދާ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވަން ތާވަލް ކޮށްފިއެވެ.
މިމައްސަލަ މިއަދު 13:00 ގައި ކުރިއަށް ގެންދަން ވަނީ ތާވަލް ކޮށްފައެވެ. ޝެއިހް އިމްރާން 12 އަހަރަށް ޖަލަށް ލުމަށް 2015 ވަނަ އަހަރު ކްރިމިނަލް ކޯޓުން ޙުކުމް ކުރީ އެއަހަރުގެ މެއި 01 ވަނަ ދުވަހު އޮތް މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވާ ވާހަކަފުޅު ދެއްކެވުމުންނެވެ.
ޝެއިހް އިމްރާން މިނިވަންވެފައި ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ޙުކުމަށް އަމަލު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމުންނެވެ.
ޝެއިހް އިމްރާން މައްސަލައިގެ ޝަރީޢަތް މިއަދު ސުޕްރީމް ކޯޓުގައި ފަށާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ