ގާސިމް އިސްތިއުފާދެއްވާ ޖޭޕީ ޕީޖީ ލީޑަރުކަން ރިޔާޒަށް

ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމުން އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމްގައި ހުންނެވި ގާސިމް އިބްރާހިމް އިސްތިއުފާ ދެއްވައިފިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ޖޭޕީއަށް ސޮއި ކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖޭޕީގެ ޕީޖީ ލީޑަރުގެ މަޤާމުން މިހާރު އިސްތިއުފާ ދެއްވާފައިވާ ކަމުގައެވެ. ގާސިމް މިހާތަނަށްވެސް ހުންނެވީ ޕާޓީގެ ލީޑަރުގެ މަޤާމުގެ އިތުރު ޕީޖީ ލީޑަރުގެވެސް މަގާމުގައެވެ.
ގާސިމް ވިދާޅުވީ ޖޭޕީގެ ޕީޖީ ލީޑަރުގެ މަޤާމުން އިސްތިއުފާދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިހާބު ވުމާއި ގުޅިގެން ކަމުގައެވެ. ގާސިމް މަޖިލީހުގެ ރައީސްގެ މަޤާމަށް އިންތިހާބުކޮށްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުގެ ރޭ ބޭޢްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ޖޭޕީގެ ޕީޖީ ލީޑަރުގެ މަޤާމުން ގާސިމް އިސްތިއުފާ ދެއްވުމުން އެމަޤާމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ގެނައުމަށް ޖޭޕީ ޕީޖީ މެމްބަރުން އެއްބަސްވެފައިވާކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ