އެމްއާރުއެމްގެ ނަމުގައި ރައީސް މައުމޫނު ސިޔާސީ ޕާޓީއެއް އުފައްދަވަނީ

މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މައުމޫނު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ފޯމްވެސް ނަންގަވާފައިވާ ކަމުގައެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ރައީސް މައުމޫނު ނިންމެވވިއިރު، ޕީޕީއެމްގެ ކޮންގްރެސްގެ މައްސަލާގައި އިއްޔެ ސްޕްރީމް ކޯޓުން ކުރި ހުކުމްވެސް އައިސްފައިވަނީ ޕީޕީއެމްގެ މިހާރުގެ ލީޑަރޝިޕާއި އެއްކޮޅަށެވެ.
އެމްއާރުއެމްއަކީ ރައީސް މައުމޫނު އިސްވެ ހުންނަވާ އުފައްދަވާ ތިންވަނަ ޕާޓީއެވެ. މީގެ ކުރިން ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީ އާއި ޕީޕީއެމްވެސް އުފެއްދެވީ ރައީސް މައުމޫނު އިސްވެ ހުންނަވައެވެ.
ނަމަވެސް ކޮންމެ ފަހަރަކުވެސް ރައީސް މައުމޫނާއި އެންމެ ގާތް ބޭފުޅުން އެމަނިކުފާނާއި ދެކޮޅުވެ ޕާޓީންވެސް ދުރުކޮށް ޕާޓީ އެމަނިކުފާނަށް ގެއްލެއެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ރައީސް މައުމޫނު ނިންމެވިއިރު މައުމޫން ރިފޯމް މޫވްމަންޓް، އެމްއާރުއެމްގެ ނަމުގައި ރައީސް މައުމޫނު މިހާރުވެސް ގެންދަވަނީ ސިޔާސީ ހަރަކާތް ހިންގަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ