އިންތިޚާބާއި ގުޅޭ މައްސަލައަށް ތަދައްޚުލުވުމަށް އިދިކޮޅު ފަރާތްތަކަށް ސުޕްރީމް ކޯޓުން ފުރުސަތު ދެއްވައިފި

ރިޔާސީ އިންތިޚާބު ބާތިލު ކުރުމަށް އެދި ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ތަދައްހުލްވުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ސުޕްރީމް ކޯޓުން ދެއްވައިފިއެވެ. ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭތީއެވެ. މިއަދު 1:00 ގައި ބާއްވާ ޝަރީއަތުގެ އަޑުއެހުމަށް ވަނުމަށްޓަކާ ނަން ނޯޓުކުރުމަށް ޕީޕީއެމްގެ ގިނަ ބަޔަކު ވަނީ ކިޔޫ ހަދާފައެވެ. މިއަދު ބާއްވާ އަޑުއެހުމުގައި އެ މައްސަލައިގެ ތެރެއަށް ވަނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތުން ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އެފަރާތްތަކުން ތަދައްޚުލުވުމަށް ސުޕްރީމް ކޯޓުން ފުރުސަތު ދެއްވީ މިއަދުއެވެ. ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ