ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް، ކުރިން ވެސް އެމަގާމުގައި ހުންނެވި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އައްޔަން ކުރުމަށް ބާއްވާ އިންތިހާބު މާދަމާއަށް ހަމަޖައްސައިފިއެވެ.
ޖޭޕީގެ ލީޑަރުކަމަށް މަގާމަށް ކުރިމަތިލުމަށް އެޕާޓީން މިދިޔަ ހޯމަ ދުވަހު ހުޅުވާލިއިރު، އެ މަގާމަށް ކުރިމަތިލެއްވި ހަމައެކަނި ބޭފުޅަކީ ވެސް ގާސިމް އިބްރާހީމެވެ.
ޖޭޕީއިން މިއަދު ބުނީ، ގާސިމް އިބްރާހިމް އެ ޕާޓީގެ ލީޑަރުކަމަށް އައްޔަންކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުމާއި ނަތީޖާ އިއުލާންކުރުމަށް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތަށް، ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މާދަމާ ހަވީރު 4:00 ގައި ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައި އޮންނާނެ ކަމަށެވެ.
ޖޭޕީގެ ލީޑަރުކަމުގެ މަގާމް ގާސިމަށް ގެއްލުނީ، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ޖަލަށް ލާން ހުކުމް ކުރުމުންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރު ބުނާގޮތުންނަމަ، ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކަށް ޕާޓީގެ އިސް މަގާމެއްގައި ނުހުރެވޭނެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ގާސިމް އައްޔަންކުރުމަށް މާދަމާ ވޯޓު ނަގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ