ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިންތިޚާބުކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ގާސިމް އިންތިޚާބުކޮށްފައި ވަނީ މިރޭ މާފަންނު ކުނޫޒުގައި ބޭއްވި އެ ޕާޓީގެ 124 ވަނަ ބައްދަލުވުމުގައި، ކައުންސިލްގެ އިއްތިފާގުންނެވެ. މިރޭ ބޭއްވި ޖޭޕީގެ ހާއްސަ ކައުންސިލްގެ ބައްދަލުވުމުން ގާސިމް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. މަގާމަށް ކުރިމަތިލެއްވީ ވެސް ގާސިމް ޢެކަންޏެވެ.
ޖޭޕީގެ ލީޑަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެ ޕާޓީ އިން ހުޅުވާލީ މިދިޔަ ހޯމަ ދުވަހު އެވެ. އެ މަގާމަށް ކުރިމަތިލެއްވީ ކުރިން ވެސް އެ މަގާމުގައި ހުންނެވި ގާސިމް އިބްރާހީމް އެވެ. އަދި ފެށުނީއްސުރެއް ޖޭޕީގެ ބާނީއަކީ ވެސް އެމަނިކުފާނެވެ. އެކަން އެގޮތަށް ކުރުމަށް ޕާޓީގެ ރައީސް އަލީ ވަހީދު ހުށަހެޅުއްވުމުން 61 މެމްބަރުންގެ އިއްތިފާގުން އެ ދުވަހު އޮތީ އެ ނިންމުން ފާސްކޮށްފަ އެވެ.
ޖޭލީގެ ލީޑަރަކަށް ގާސިމް އިބްރާހިމް އިންތިޚާބު ކުރުމާ ގުޅޭ އިއުލާން މިދިޔަ ޖޫން 28 ގައި ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ލީޑަރުގެ މަސްއޫލިއްޔަތުތައް، އެ ޕާޓީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ހުސައިން ރަޝީދު ހަސަނާ ހަވާލު ކުރަން ފާސްކުރި އެވެ. އެ ގޮތަށް އޭރު ފާސްކުރީ ގާސިމް ޖަލު ހުކުމެއްގައި ހުންނެވުމުންނެވެ.
ގާސިމް ލީޑަރު ކަމަށް ގެންނަން ފެންނަ ކަމަށް 61 ވޯޓު ވަނީ ލިބިފައެވެ.
61 މެމްބަރުންގެ އިއްތިފާގުން ޖޭޕީގެ ލީޑަރުކަމަށް ގާސިމް އިންތިހާބު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ