އޭދަފުށީ ދާއިރާގެ ރަށްރަށަށް ބޯޅަ ހަދިޔާކޮށްފި

ފުޓްބޯލް
އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބ. އޭދަފުށީގެ ދާއިރާގެ
ރަށްތަކަށް ބޯޅަ ހަދިޔާކޮށްފި އެވެ.
އެފްއޭއެމް އިން އޭދަފުށީ ދާއިރާގައި ހިމެނޭ މާޅޮސް، ހިތާދޫ އަދި އޭދަފުށި މިއިން ކޮންމެ ރަށަކަށް ހަދިޔާކޮށްފައި ވަނީ ދިހަ ބޯޅަ އެވެ.
މި ތަކެއްޗާ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ބަލިވެ އުޅުއްވާތީ އޭނާގެ ފަރާތުން ހަވާލުވެވަޑައިގަތީ ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އިބްރާހީމް އާމިރު (ސަލްސާ އާމިރު) އެވެ. އެފްއޭއެމްގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ޝިބާއު އާއި ޓެކްނިކަލް ޑައިރެކްޓަރު އަހްމަދު ޝަރީފް (ޑުންގާ) އެވެ.
މި ބޯޅަތަކަކީ
މި އަހަރު ބޭއްވުމަށް ނިންމި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް
އެފްއޭއެމް އާއި ކުޅިވަރާއި ބެހޭ ވުޒާރާއިން ގެނައި ބޯޅަތަކެއް ކަމަށް
އެފްއޭއެމްއިން ހާމަކޮށްފައިވެ އެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށަކަށް 10 ބޯޅަ ހަދިޔާކުރުމަށް އެފްއޭއެމުން
ވަނީ ނިންމާފައެވެ.
ކުޅިވަރާ
ބެހޭ ވަޒީރު އަޙްމަދު މަޙްލޫފްގެ މަޝްވަރާއާއެކު އެފްއޭއެމުން ނިންމީ ކޮންމެ
ރަށަކަށް ހަމަހަމަ އުސޫލަކުން ބޯޅަތައް ހަދިޔާ ކުރުމަށެވެ. އެ އުސޫލުގެ ދަށުން
ބޯޅަ ހަދިޔާކުރަނީ އެކި ދާއިރާތަކުގެ މަޖިލިސް މެންބަރު މެދުވެރިކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ