ހޯޑެއްދޫއާއި މަޑަވެލީގެ ޙާލަތު ވަރަށް ގާތުން މިދަނީ ބަލަމުން: ދާއިރާގެ މެމްބަރު

ހޯޑެއްދޫއާއި މަޑަވެލީގެ ޙާލަތު ވަރަށް ގާތުންބައްލަވަމުންގެންދަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެމްބަރު ޙުޞައިން ފިރުޝާން ވިދާޅުވެއްޖެއެވެ.
ފިރުޝާން ވިދާޅުވީ އޭނާ އަމިއްލައަށް އެދި ވަޑައިގެން ކޮވިޑާ ގުޅިގެން އުފައްދަވައިފައިވާ ޓާސްކް ފޯހުގައިވެސް އިންނަވާ ކަމަށެވެ. އެގޮތުން ދެރަށަށް ބޭނުންވާ ވަސީލަތްތައް ހޯއްދެވުމަށް ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތައް ކުރައްވަމުންދާ ކަމަށެވެ. ދެ ރަށުގެ ކައުންސިލަށްވެސް ކަންކަމުގައި އިރުޝާދު ދެއްވަމުންދާ ކަމަށެވެ.
ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހުން ބައްޔަށް ޕޮޒިޓިވް ވުމުން އިތުރު ބަޔަކަށް ބަލި ޖެހިފައިވޭތޯ އެޗްޕީއޭއާ ވާހަކަދައްކައިގެން ރެންޑަމް ސާމްޕަލް ނެގުމަށް ޓާސްކް ފޯހަށް ލަފާދެއްވިކަމަށް ފިރުޝާން ވިދާޅުވިއެވެ. ކަރަންޓީންގައި ތިއްބައި ޕޮޒިޓިވްވި ހަތަރު މީހުންގެ އިތުރުން ހޯޑެއްދޫއިން އިތުރު ދެމީހަކު ޕޮޒިޓިވް ވެފައިވާ ވަނީ އެގޮތުން ނެގުނު ތިން ސާމްޕަލެއްގެ ތެރެއިން ކަމަށް ފިރުޝާން ވިދާޅުވިއެވެ. ސާމްޕަލް ނެގި އިރު އެމީހުންގެ އަލާމާތްތައް ފެންނަން ފަށައިފައިވާކަމެއް ޔަޤީންކަމާމެދު އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފެނުނީ މާލެއިންވެސް ފުރަތަމަ ބަލިފެނުނު އިރު ފެންނުނުގޮތަށް މީހުން ކަންބޮޑުވެ ހާސްވެ "ޕެނިކް" ވިތަން. އަމިއްލަ އަށް ކޮންޓެޓް ޓްރޭސިންނާ އެއްބާރުލުންދީ ޓެސްޓްވެސް ހަދަން ބޭނުންވިތަން. ކޮންޓެކްޓުންގެ ތެރެއިންނާއި ރެންޑަމް ސާމްޕަލްގެ ތެރެއިން މިހާތަނަށް ދުއިސައްތައާ ގާތަށް ސާމްޕަލް ނެގިފައިވާނެ. އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، މަޑަވެއްޔަށް ބަލި ގޮސްފިނަމަ ކޮމިޔުނިޓީ ސްޕެރަޑަކަށް ވެދާނެތީ. މަޑަވެއޔަކީ ހޯޑެއްދޫއާ އަޅާބަލާއިރު ތަންކޮޅެއް ބޮޑަށް ތޮއްޖެހިފައި އޮންނަރަށަކަށް ވުމުން ބަލިގޮސްފިނަ ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުޞަތު އޮވެދާނެތީ. އެހެންވެ އަޅުގަނޑުމެން އެންމެ ފުރަތަމަ ބެލީ ގުޅިފައި އޮންނަދެ ރަށަށް ވުމުން ދެރަށުގެ ދެމެދުގައި އޮތް މޫވްމަންޓް ހުއްޓުމަކަށް ގެންނަން" ފިރުޝާން ވިދާޅުވިއެވެ.
ހޯޑެއްދޫއަކީ ފުލުހުން ތިބޭ ރަށެއްނޫނެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ހޯޑެއްދޫއާއި މަޑަވެލިވެސް އަދިވެސް އޮތީމޮނިޓަރިންގައި ކަމަށްވާނީ މިހާރު އެރަށުގައި ފުލުހުން ދަނީ ޙަރަކާތްތެރިވަމުންނެވެ. ފުލުހުންގެ އެހީތެރިކަން ހޯދި އެންމެ ބޮޑު އެއްސަބަބަކީ ދެރަށުގެ ދެމެދުގައި މީހުންގެ ހަރަކާތްތައް ހުއްޓުމަކަށް ގެނައުމަށް ކަމަށް ދާއިރާގެ މެމްބަރާއި ކައުންސިލުންވެސް ފާހަގަ ކުރެއްވިއެވެ.
މެމްބަރ ފިރުޝާން ވިދާޅުވީ ހޯޑެއްދޫއަކީ ވަޞީލަތުގެ ގޮތުން ވަރަށް ދަތި ހާލުގައި އޮތް ރަށެއްކަމަށެވެ. ރަށުގެ ހެލްތް ސެންޓްރުގައި ހުންނަނީ ތިން ނަރުހުންނާއި އެންމެ ޑޮކްޓަރެއްކަމަށެވެ. އަދި ބަލިމީހުން އުފުލޭނެ ގޮތެއްވެސް ނެތް ކަމަށެވެ. އެހެންކަމުން ކުއްލި އަކަށް ގިނަޢަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވްވުމުން ވަރަށް ބޮޑު ކަންބޮޑުވުމެއް ލިބިވަޑައިގެންނެވިކަމަށެވެ. ނަމަވެއް ސަރުކާރާ އެކު ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިތުރު މެޑިކަލްޓީމަކާއި ވަޞީލަތްތައް ދަތި ނުވާވަރަށް ދެރަށަށް ވެސް ފޯރުކޮށް ދެއްވައިފައިވާކަމަށް ވިދާޅުވިއވެ. އަދި ބަލިމީހުން އުފުލުމަށް އެމްބިއުލާންސެއްވެސް މިހާރު ގެންގޮސފައިވާ ކަމަށް ފާހަގަކުރެއްވިވެ.
ހޯޑެއްދޫއާއި މަޑަވެލީ ކައުން ސިލުންވެސް ވަނީ ދާއިރާގެ މެމްބަރު ވަރަށް ބޮޑު އެއްބާރު ލުމެއް ލިބޭކަން ފާހަގަ ކުރައްވައިފައެވެ. ވާހަކަ ދައްކާ ލެވުނު ބައެއް އާއްމު ރައްޔިތުންވެސް މިކަން ވަނީ ފާހަގަކޮށްފައެވެ.
ހޯޑެއްދޫ ވެގެން ގޮސްފައިވަނީ މާލެ ފިޔަވައި އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ރަށަށެވެ. ހޯޑެއްދޫން މިހާތަނަށް 37 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެއެވެ. އެއީ ހޯމ ކަރަންޓީންނުން ޕޮޒޮޓިވްވި ހަތަރު މީހުންނާއި ބަލި މީހަކު ހުރެދާނެތޯ ބެލުމަށް ނެގި ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވް ދެ މީހުންނާ އެމީހުންގެ ކޮންޓެކްޓުންގެ ތެރެއިން ޕޮޒިޓިވް މީހުންނެވެ. ހޯޑެއްދޫއިން ބަލި ޖެހިފައިވާ މީހުން ހިމެނެނެނީ އެންމެ ކްލަސްޓަރ އަކަށެވެ. މަޑަވެލިން މިހާތަނަށް 60 ވުރެ ގިނަ ސާމްޕަލް ނަގައިފައިވާ އިރު އަދި ޕޮޒިޓިވް މީހަކުފެނިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ