ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ދީފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމުގެ އިންޒާރު މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ދީފެއެވެ.މިގޮތުން އެ އިދާރާއިން ވަނީ ހއ.އަތޮޅުން ރ.އަތޮޅަށް އަދި ގއ. އަތޮޅުން އައްޑޫ ސިޓީ އާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. މި އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 4 ޖެހުމާއި ހަމައަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.އަދި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.މީގެއިތުރުން ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުމަކީ ވެސް އެކަށީގެންވާ ކަމަކަށްވާރީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ގަދައަށް ވާރޭވެހި އުދަ އަރަމުންދެއެވެ. އަދި ބައެއް ރަށްތަކަށް އުދަ އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
100 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ