އާފަތިސް ނޫހަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޙުސައިން މުޙައްމަދު އަވަހާރަވެއްޖެ

އާފަތިސް ނޫހަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ ކުރީގެ މެމްބަރު ޙުސައިން މުޙައްމަދު އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ކުރީގެ މަޖިލީސް މެމްބަރ ޙުސައިން މުޙައްމަދަކީ އާފަތިސް ނޫހަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ލިޔުންތެރިއެކެވެ. އޭނާ އާފަތިސް ނޫހުގައި އާއްމުގޮތެއްގައި ލިޔުއްވީ ބޭރުގެ ޚަބަރުތަކާއި ރިޕޯޓުތަކެވެ. އެގޮތުން ވަރަށް ތަފްޞީލީ ދިރާސާ ރިޕޯޓުތައް އޭނާ ވަނީ އާފަތިސް ނޫހަށް ލިޔުއްވައިފައެވެ. މަދުމަދުން އެހެން ތަފާތު ލިޔުއްވުންތައް ވެސް ލިޔުއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާއަށް އިންތިޚާބުވެވަޑައިގަންނަވަންދެން އާފަތިހަށް ލިޔުއްވަމުން ގެންދެވިއެވެ. އޭގެފަހުންވެސް ދޭތެރެ ދޭތެރެއިން ލިޔުއްވިއެވެ. އޭނާވަނީ ދިވެހި ރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްއަށް ވެސް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައިފައެވެ. ޙުސައިން މުޙައްމަދު ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ވެސް އިސްމަޤާމުތަކެއް އަދާކުރައްވައިފައެވެ. އަވަހާރަވިއިރު ހުންނެވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ