ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ 40 ތަނެއް އިއްޔެ ބަންދު ކޮށްފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭތީ، ހިދުމަތް ދޭ 40 ތަނެއް ބަންދު ކޮށްފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން، ހިދުމަތްދޭ ގިނަ ތަންތަނުން ރައްކާތެރިކަމުގެ މިންގަނޑާއި ހިލާފުވާތީ އެޗްޕީއޭ އިން އިންސްޕެކްޝަން ޓީމެއް ނެރެ ހިދުމަތްދޭ ތަންތަން ބަލަން ފަށާފައިވަނީ ބުރާސްފަތި ދުވަހުގަ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑާއި ގުޅިގެން ކުރިޔަށް ގެންދާ އިންސްޕެކްޝަން ގައި އިއްޔެ 189 ތަނެއް ބެލި ކަމަށެވެ. އޭގެ ތެރޭގައި 113 ފިހާރައަކާއި، 13 ސެލޫން، 1 މާރުކޭޓް އަދި ހިދުމަތް ދޭ 62 ތަނެއް އިންސްޕެކްޓް ކުރިކަމަށް ނަޒްލާ ވަނީ ވިދާޅުވެފައެވެ.
މީގެ ތެރެއިން 40 ތަނެއް ބަންދުކުރެވުނު. އެއީ އަޅުގަނޑުމެންގެ ގަވައިދުތަކާ އެއްގޮތަށް ގައިޑްލައިންތަކާ އެއްގޮތަށް އެ ތަންތަން ނެތީމަ. މި 40 ތަނުގެ ތެރޭގައި ނުވަ ސެލޫން 14 ފިހާރަ ކާބޯތަކެތީގެ ހިދުމަތްދޭ 16 ތަނެއް އަދި އެއް މާރުކޭޓް ހިމެނޭ - ނަޒްލާ
ޑރ. ނަޒްލާ ވިދާޅުވީ، އިންސްޕެކްޝަން ފެށިއިރު، ހިދުމަތްދޭ ތަންތަނުގެ ތެރެއިން 50 އިންސައްތަ ތަންތަން ބަނދުކުރަން ޖެހުނު ކަމަށެވެ. ނަމަވެސް މިހާރު އެތަންތަނުން އުސޫލުތަކާއި އެއްގޮތަށް ހިދުމަތް ދެމުން ގެންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ