ކޮޗިން ފެރީ އިން މުޅި ރާއްޖެއަށް ފައިދާ ކުރާނެ: މެމްބަރު ވަހީދު

އިންޑިއާގެ ކޮޗިން އިން ކުޅުއްދުއްފުއްޓަށް ކާގޯ ފެރީގެ ހިދުމަތް ފެށުމުން އޭގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެ ކަމަށް ރ.އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.މިއަދު ކުރެއްވި ޓުވީޓެއްގައި ވަހީދު ވިދާޅުވީ ކޮޗިންއިން ހދ.ކުޅުފުއްށި ބަނދަރަށް ކާގޯ ދަތުރުތައް ފެށުމަކީ ތިލަދުންމަތީގެ އިތުރުން އުތުރުގެ ހުރިހާ އަތޮޅަކަށާއި މުޅި ރާއްޖެއަށް އޭގެ ފައިދާ ކުރާނެ ކަމެއްކަމަށެވެ."ރ.އަތޮޅުން ދިހަބާރަ ގަޑިއިރުން މާލެއަށް މުދާބަލާ ކުރަމުންއައި ދަތުރު ކުޅުދުއްފުއްޓަށް ހަތަރު ފަސް ގަޑިއިރުން ކުރެވޭނެ" ވަހީދު ވިދާޅުވިއެވެ.ކޮޗިން އިން ފުރަތަމަ ފެރީ މިއަދު ރާއްޖެ އައިސްފައިވާ އިރު، 3000 ޓަނުގެ އެ ފެރީގެ 5 ބައިކުޅަ އެއްބައިވެސް ނުފުރެއެވެ. ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީ އަށް ނިސްބަތްވާ މަޖިލީސް މެމްބަރުން ދަނީ އެ ފެރީގެ ފައިދާތަކުގެ ވާހަކަ ވަރަށް ގަދައަށް ދައްކަމުންނެވެ. މިގޮތުން މެމްބަރު ރާއީވެސް ވަނީ ފެރީ އިން ކާއްޓާއި، ފަނާއި، މަހާއި ބޮލި އިންޑިއާއަށް އެކްސްޕޯޓު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ