އެކަށީގެންވާ ސަބަބަކަށްޓަކައި ދުރު ދުރުގައި ތިބި ނަމަވެސް ނަމާދު ސައްޙަވާނެ: ރައީސް މައުމޫން

ޖަމާއަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައި ވިޔަސް، އެކަށީގެންވާ ސަބަބަކަށްޓަކައި ދުރު ދުރުގައި ތިބި ނަމަވެސް ނަމާދު ސައްހަ ވާނެ ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ތިން މަހަށްވުރެ ގިނަ ދުވަސް ފަހުން އިއްޔެ މާލެ ސަރަޙައްދުގައި އިއްޔެ ހުކުރު ނަމާދު ކޮށްފައިވާއިރު، ގައިދުރުކުރަން އިސްކޮށްފައިނުވާތީ އެކަމާއި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.އެކަމާއި ގުޅިގެން ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖަމާޢަތުގައި ސަފު ހަދާއިރު އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައިވިޔަސް، އެކަށީގެންވާ ސަބަބަކަށްޓަކައި ދުރު ދުރުގައި ތިއްބަސް ނަމާދު ސައްޙަވާނެކަމަށެވެ."މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ސަބަބެއް. ދުނިޔޭގެ އެހެން އިސްލާމީ ޤައުމުތަކުގައިވެސް މިދުވަސްކޮޅު ޖަމާޢަތުގައި ސަފު ހަދަނީ ގައިދުރުކަމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން" ރައީސް މައުމޫނު ވިދާޅުވެފައިވެއެވެމިސްކިތުގައި ނަމާދުކުރުމަށް ހުއްދަ ދީ، މިސްކިތްތައް އާންމުންނަށް ހުޅުވާލީ ޖޫން 14 ވަނަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެންނެވެ. އަދި މި މަހުގެ އެއް ވަނަ ދުވަހު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދިނަސް، ހުކުރު ނަމާދު ޖަމާއަތުގައި ކުރަން ހުއްދައެއް ނުދެއެވެ. ހުކުރު ކުރުމުގެ ހުއްދަ ދިނީ އިއްޔެއިން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ