ގަޑިއެއް ހާއިރަށް އަލިފުށިން ކަރަންޓު ކެނޑިއްޖެ

ރ. އަލިފުށިން ގަޑިއެއް ހާއިރަށް ކަރަންޓު ކެނޑިއްޖެއެވެ.
ވަގުތަށް މައުޅޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުން ކަރަންޓް ކެނޑިފައި ވަނީ މިރޭ 12:00 ހާއިރުއެވެ.
މި ކަމާއި ގުޅިގެން އަލިފުށީ ކައުންސިލް އިދާރާގެ އިންފޮމަޭޝަން އޮފިސަރ އާދަމް މާހިރު ވަގުތަށް މައުލޫމާތުދެމުން ވިދާޅުވީ މިރޭ 12:00 ހާއިރު މުޅި ރަށުން ކަރަންޓު ދިޔަ ކަމަށާއި، އެހެންނަމަވެސް 12:45 ހާއިރު މައްސަލަ ހައްލުކޮށް މުޅި ރަށަަށް ކަރަންޓު ދީފައިވާކަމަށެވެ.
އިންފޮމޭޝަން އޮފިސަރ އާދަމް މާހިރު އިތުރަށް ވިދާޅުވީ މުޅި އަލިފުށިން ކަރަންޓު ކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށާއި، އެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ