ހދ. ނޮޅިވަރަންފަރުގައި މިހާރު ކުރިއަށްދާ އިންޓަ އޮފީސް ހަތަރުވަނަ ވޮލީ ބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗު ނޮޅިވަރަންފަރު ސްކޫލް ޓީމް ބީ އާއި ޓީމް ފެނަކާ ބައްދަލުކުރި މެޗު ސްކޫލް ޓީމުން ކާމިޔާބުކޮށްފި އެވެ.
ނޮޅިވަރަންފަރު ސްޓޭޖް ވޮލީ ކޯޓުގައި އިއްޔެ ކުޅުނު މެޗު ސްކޫލް ޓީމުން ކާމިޔާބުކޮށްފައިވަނީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ސްކޫލް ޓީމުން 25-7 ން ގެންދިޔަ ނަމަވެސް ދެވަނަ ސެޓު ފެނަކާ އިން ވަނީ23-25ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ. މެޗުގެ ފަހު ދެ ސެޓު ސްކޫލް ޓީމުން ކާމިޔާބުކޮށްފައިވަނީ 25-17 އަދި 25-22ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ އެ މެޗުގެ މޮޅު ކުޅުންތެރިއާ އަކަށް ހޮވުނީ ސްކޫލް ޓީމުގެ ކެޕްޓަން ހާމިދު ރަފީއު އެވެ.
އިއްޔެ ކުޅުނު މުބާރާތުގެ ތިންވަނަ މެޗުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ނޮޅިވަރަންފަރު ސިއްޙީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނެވި އާމިނަތު މުސާ އެވެ.
މި މުބާރާތުގައި މިއަދު ހަވީރު ވެސް މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޕޮލިސް ޓީމާއި ކައުންސިލް އިދާރާގެ ޓީމެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 14:15 ގައި ނޮޅިވަރަންފަރު ސްޓޭޖް ވޮލީ ކޯޓުގަ އެވެ.
މި މުބާރާތުގައި ޖުމްލަަ 6 ޓީމަކުން ބައިވެރިވެފައިވެ އެވެ. އެޓީމު ތަކަކީ ނޮޅިވަރަންފަރު ސްކޫލް ޓީމާއި، ޕޮލިސް، ފެނަކާ، ކައުންސިލް އިދާރާ އާއި މެޖިސްޓްރޭޓް ކޯޓުގެ އިތުރުން އެ ރަށު ސިއްޙީ މަރުކަޒުގެ ޓީމެވެ. މި މުބާރާތުގެ މެޗުތައް ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖް އުސޫލުންނެވެ.
އިންޓަ އޮފީސް 4 ވަނަ ވޮލީ މުބާރާތުގައި އިއްޔެ ކުޅުނު މެޗު ސްކޫލް ޓީމުން ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ