ވަޒީފާ ހޯދާ މީހުންނަށް އެލަވަންސް ދިނުމާއި އިންކަމްޓެކްސް ނެގުމަށް މަޖިލީހަށް ހުށަހަޅަނީ

ވަޒީފާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ދިނުމާއި، އިންކަންޓެކްސް ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިހިނގާ ތިންވަނަ ދައުރަށް، ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ސަރުކާރުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ މުހިންމު ދެ ބިލުގެ ގޮތުގައި މި ދެބިލް ފާހަގަ ކުރެވިފައިވާއިރު، އެޓާނީ ޖެނެރަލްގެ އޮފީހުން މި ދައުރުގައި މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލު ތަކުގެ އަދަދަކީ 32 ކަން ވަނީ ފާހަގަކޮށްފައެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މަޖިލީހުގެ މިދައުރަށް ހުށަހަޅާ ބިލްތައް،
އާމްދަނީން ޓެކްސް ނެގުމުގެ ބިލުއިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުޖަމްއިއްޔާތަކާބެހޭ ބިލުކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުއާއިލާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުއިންތިގާލީ އަދާލަތުގެ ބިލުފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުމަދަނީ އިޖުރާއަތުގެ ބިލުނަފްސާނީ ދުޅަހެޔޮކަމުގެ ބިލުތައުލީމުގެ ބިލު މަތީ ތައުލީމުގެ ބިލުކްލައިމެޓް ރެސިލިއަންސާބެހޭ ބިލުތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގޮއިފާލައްބަ ތަކާއި ވިލުފަޅުތައް އާލާކޮށް ރައްކާތެރި ކުރުމުގެ ބިލުފޮރެސްޓްރީ ބިލުރާއްޖެ ތެރޭގެ މީހުން އުޅޭ ރަށްރަށުުން ގަލާއި ވެއްޔާއި އަކިރި ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުބޯހިޔާ ވަހިކަމުގެ ބިލުޓެނަންސީ ބިލުއެންމެދު އިމާރާތުގެ ބިލު ފެނާއި ނަރުދަމާގެ ބިލުމޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުމާލީ ސެކިއުރިޓީއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގާނޫނުލް އުގޫބާތައް އިސްލާހު ގެނައުމުގެ ބިލުޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލުވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލުފޮރިން އިންވެސްޓްމަންޓާބެހޭ ބިލުއެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލުދިވެހި ރާއްޖޭގެ ޗާޓަރޑް އެކައުންޓިންގެ ބިލު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ