މައުމޫން ހުރިއްޔާ އުންމީދެއް އޮންނާނެ

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ހުރެއްޖެނަމަ އުންމީދެއް އޮންނާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ ރައީސް މައުމޫނަށް ތާއީދުކުރައްވާ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
"ދިރުމެއް އޮވެއްޖިއްޔާ އުންމީދެއް އޮންނާނެ" ކަމަށް ރައީސް ޔާމީނާއި އެމަނިކްފާނުގެ ސަރުކާރުގެ އިސްވެރިން ގެންދަވަނީ ތަކްރާރްކޮށް ވިދާޅުވަމުންނެވެ. އެ ވާހަކަތަކަށް ރައްދުދޭކަން ހާމަވާގޮތަށް އުމަރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "މައުމޫން ހުރިއްޔާ އުންމީދެއް އޮންނާނެ" ކަމަށެވެ.
އުމަރު މިހެން ވިދާޅުވެފައިވާއިރު، ޕީޕީއެމް ދެބައި ޕާޓީގެ ތެރޭގައި ވަނީ ބޮޑެތި ހިޔާލް ތަފާތުވުންތަކެއް އުފެދިފައެވެ.
މި ހިޔާލް ތަފާތުވުންތަކުގެ ތެރެއިން ރައީސް މައުމޫނާއި ރައީސް ޔާމީންގެ ޓީމެއް އުފެދިފައިވާއިރު، އުމަރު ހިމެނިވަޑައިގަންނަވަނީ ރައީސް މައުމޫންގެ ޓީމުގައެވެ. މީގެ އިތުރަށް އުމަރު ފާހަގަކުރެވިފައިވަނީ ރައީސް މައުމޫން އެންމެ އިތުބާރުކުރައްވާ ބޭފުޅުންގެވެސް ތެރޭގައެވެ.
ޕީޕީއެމްގެ ސަރުކާރާއި، ޕީޖީ ގުރޫޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް މައުމޫން ރޭ މީޑިއާތަކަށް ބަޔާނެއް ދެއްވާފައިވާއިރު، އުމަރު އިންނެވީވެސް ޕީޕީއެމްގެ އޮފީހުގައެވެ. އަދި ބަޔާން ދެއްވުމަށްފަހު އުމަރާއި މައުމޫން ވަނީ ބައްދަލްކުރައްވާފައެވެ.
މީގެ އިތުރަށް މައުމޫން އިއްޔެ އުފެއްދެވި ކޮމެޓީގައިވެސް އުމަރު ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ