މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިއްޖެއެވެ. ޗެނަލް13އަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ މިއަދު ހެނދުނު 9:34 ހާއިރު ކަމަށެވެ. އަދި ކަރަންޓް ކެނޑުނީ ސްޓެލްކޯގެ އިންޖީނަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށްވެސް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.އޭނާ ވިދާޅުވީ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު 10:24ހާއިރު، ކަަރަންޓް ކެނޑުނު ހުރިހާ ސަރަހައްދަކަށްވެސް އަލުން ކަރަންޓްގެ ހިދުމަތް ލިބެން ފަށާފައިވާ ކަމަށެވެ.މާލެއަށް ދިމާވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން އަންނަނީ 2 މަޝްރޫއެއް ހިންގަމުންނެވެ. އެއީ ހުޅުމާލެ މާލެ އިންޓަ ކަނެކްޝަން، އަދި ހުޅުމާލޭގައި ގާއިމްކުރާ 50 މެގަވޯޓްގެ ޕަވަޕްލާންޓްގެ މަޝްރޫއުއެވެ. މި މަޝްރޫއުތައް ނިމުމުން މާލެއަށް ދިމާވާ ކަރަންޓްގެ މައްސަލަ ވަރަށް ބޮޑަށް ހައްލުކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ