ފުލުހުން މިއަދު ކުރެއްވި ހުރިހާ ތުހުމަތުތަކަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންކާރު ކުރައްވައިފިއެވެ.
ފުލުހުން ކުރި ތުހުމަތުތަކަކަށް ރައީސް މައުމޫން އިންކާރު ކުރެއްވިކަން ހާމަކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލް މައުމޫން ހަމީދުއެވެ.
"ފުލުހުންގެ ހުރިހާ ތުހުމަތަކަށް ރައީސް މައުމޫން އިންކާރު ކުރައްވާ" މައުމޫން ހަމީދު ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދިނުމާއި، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކިގޮތަކަށް ހުކުމެއް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުދިނުމާއި، ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ ރޭވުންތައް ރޭވުން ހިމެނެއެވެ.
މި ތުހުމަތުތައް ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައިވަނީ ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒެވެ.
"މި މައްސަލާގެ ތުހުމަތު ކުރެވިފައި ހުރި ކަންތަކަށް އަޅުގަނޑުމެން މި ވަނީ އެކި ގޮތްގޮތުން ހެކި ބަސް ލިބިފައި. އަދި މިހާރު އަޅުަނޑުމެން ޕްރެސް ބްރީފިންގ ދެމުންގެންދާއިރުވެސް މިކަމާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުރެވި ހެކިތައް ލިބެމުންދާ ވާހަކަ ދަންނަވާލަން". ނަވާޒް ވިދާޅުވިއެވެ.
މިދިޔަ ހޯމަ ދުވަހުގެރޭ ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ ހުރިހާ ތުހުމަތުތަކަކަށް މައުމޫން އިންކާރު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ