މައުމޫން އަރަބި ބަހުން ވާހަކަފުޅު ދައްކަވާތީ ފުލުހުންނަށް މައްސަލައަކަށް ވެއްޖެ

ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި މިހާރު ހައްުޔަރުކޮށްފައިވާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް އެމަނިކުފާންގެ ވަކީލުންނާއި އަރަބި ބަހުން ވާހަކަ ދައްކަވާތީ ފުލުހުންނަށް މައްސަލައަކަށް ވެއްޖެއެވެ.
ރައީސް މައުމޫންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ ރައީސް މައުމޫން އެމަނިކުފާންގެ ވަކީލުންނާއި ވާހަކަފުޅު ދައްކަވަނީ އަރަބި ބަހުން ކަމަށެވެ. އަދި ވަކީލުންވެސް އެމަނިކުފާނާއި ވާހަކަފުޅު ދައްކަވަނީ އަރަބި ބަހުން ކަމަށެވެ.
@PoliceMv have just informed us that we, lawyers can speak to our clients, including @maumoonagayoom only in DHIVEHI. #maadhareebus #arabicspeakingclient
— Hussain Shameem (@HuShameem) February 7, 2018
ނަމަވެސް މިއަދު އެމަނިކުފާންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދުއަށް އަރަބި ބަހުން ވާހަކަ ނުދެއްކެވުމަށް އަންގާފައިވާ ކަމަށެވެ. ޝަމީމް ވިދާޅުވީ މުވައްކިލް އާއި ވާހަކަ ދައްކަން ޖެހޭ ބަހެއް ގާނޫނުގައި ބަޔާންކޮށްފައި ނުވާކަމަށެވެ.
ކުއްލި ހާލަތު އިއްލާންކޮށް ރައީސް މައުމޫން ހައްޔަރުކޮށްފައިވާ އިރު އަދި މިހާތަނަށް އެމަނިކުފާނާއި ފުލުހުން އެއްވެސް ސުވާލެއް ކޮށްފައި ނުވެއެވެ.
މައުމޫން އަކީ އަރަބި ބަހަށް ކުޅަދާނަ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ