އަންނަ ބުރާސްފަތި ދުވަހު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އަށް ހާޒިރުވުމުގެ އަމުރު ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލުގެ މައްޗަށް ނެރެފި
16:30ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އަށް އަންނަ ބުރާސްފަތި ދުވަހު ހާޒިރުވުމުގެ އަމުރު ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލުގެ މައްޗަށް ދެންމެ ނެރެފައިވާ ކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ މުގައްރިރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.އަލީ ވަހީދު ވިދާޅުވީ ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ލިބިދޭ އިހުތިޔާރުގެ ދަށުން އެ ދެ ބޭފުޅުންގެ އަރިހުން ސާފުކުރައްވަން ޖެހޭ ކަންތައްތަކެއް ހުރުމާ އެކު އެ ބޭފުޅުން އެ ކޮމެޓީ އަށް ހާޒިރުކުރެއްވުމުގެ މަސައްކަތް ކުރައްވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި މިއަދު އެފަދަ އަމުރެއް ނެރުއްވަން ޖެހިވަޑައިގަތީ އެތައް ފަހަރަކު އަންގަވައިގެން ވެސް އެ ބޭފުޅުން ކޮމެޓީ އަށް ހާޒިރުވެވަޑައިގެންފައި ނުވާތީ ކަމަށެވެ.އޭނާ ވިދާޅުވީ މިއަދު ހަވީރު ބޭއްވި، 11 މެންބަރުންގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ވަޑައިގެންނެވި، އަށް ބޭފުޅުންގެ ތެރެއިން ރިއާސަތު ފިޔަވައި އަނެއް ހަތް ބޭފުޅުން އެ އަމުރަށް އިއްތިފާގުވި ކަމަށެވެ. ރިއާސަތުން ވޯޓްގައި ބައިވެރިއެއް ނުވެ އެވެ.އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 109 ވަނަ މާއްދާގެ (ށ) އާއި އެ ގަވާއިދުގެ 132 ވަނަ މާއްދާގެ (ކ) އިން އެ އަމުރު ނެރުމުގެ ފުރިހަމަ އިހުތިޔާރު އެ ކޮމެޓީ އަށް ލިބިގެންވާ ކަމަށެވެ.ފަސީހު ކޮމެޓީ އަށް ހާޒިރު ކުރުމަށް އަމުރުކޮށްފައި ވަނީ، އަލީ ވަހީދު ވިދާޅުވި ގޮތުގުގައި، އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:30 އަށެވެ. މޫސާ އަލީ ޖަލީލު ހާޒިރު ކުރުމަށް އަމުރު ނެރެފައި ވަނީ އެ ދުވަހު ހަވީރު 4:00 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ