"ސްޕައިޒީ" ބްރޭންޑްގެ ހަވާދު ބާވަތްތައް ރާއްޖެއަށް ތައާރަފު ކުރަނީ

ސްރީލަންކާގެ މަޝްހޫރު ހަވާދު ބްރޭންޑެއް ކަމަށްވާ "ސްޕައިޒީ" ބްރޭންޑްގެ ހަވާދާއި ކެއްކުމަށް ބޭނުންވާ ތަކެތި ރާއްޖެއަށް ތައާރަފު ކުރުމަށް ބްލޫ ސްކައި މޯލްޑިވްސްއިން ހަމަޖައްސައިފި އެވެ.
ބްލޫ ސްކައި އިން ބުނީ މިހާރުވެސް މާލޭގެ ބައެއް ފިހާރަތަކުގައި މި ބްރޭންޑްގެ ހަވާދާއި، ރީނދުލުގެ އިތުރުން މިރުސް ފަދަ ތަކެތި ލިބެން ހުންނާނެ ކަމަށާއި ސްޕައްޒީ ހަވާދާއި ޕްރޮޑަކްޓް ރާއްޖެއަށް އެތެރެ ކުރަން ދެން ފަށާނީ ރަސްމީކޮށް ކަމަށެވެ.
"ސްޕައިޒީ ބްރޭންޑްގެ ހަވާދުގެ ބާވަތްތައް ރާއްޖެ ގެނެސް ވިއްކަން ފެށިތާ މިވަނީ އަދި އެއް މަސް ދުވަސް، މިހާތަނަށް ރާއްޖެއައަށް ތިން ޝިޕްމަންޓް ގެނެސްފިން، ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުންދަނީ، އެ ޕައިލެޓް ޕްރޮޖެކްޓަށް ފަހު ދެން އަޅުގަނޑުމެން ރަސްމީކޮށް ތައާރަފު ކުރުމަށް މިދަނީ،" ބްލޫ ސްކައި އިން ބުންޏެވެ. އަދި ބުނީ މިއީ ސްރީ ލަންކާގައި އުފައްދާ ބްރޭންޑް ހިޔާރު ކުރީ ދިވެހިންނަކީ ސްރީލަންކާގެ ރަހަތަކަށް ލޯބި ކުރާ ބައެއްކަމަށް ވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ