ކޯނީ ރިޕޯޓު ނެރުމައްފަހު އެރިޕޯޓުގައި ރައީސް ވަހީދުގެ ވެރިކަމަކީ ބަގާވާތަކުން އައި ވެރިކަމެއް ނޫންކަމަށް ކަނޑައެޅުމުން ކޮމޮންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕު، ސީމެގްގެ އެޖެންޑާއިން ރާއްޖެ ނެގުމަށް ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރސް ދުންޔާ މައުމޫން ގޮވާލައިފިއެވެ.
ސީމެގައަކީ ކޮމޮންވެލްތުގެ ގައުމުތަކުގައި ހިނގަމުންދާ ބޮޑެތި ހަމަނުޖެހުންތަކާއި ކެނޑިނޭޅި ކުރިއްދަމުންދާ މިފަދަ މައްސަލަތައް ސުލްހަވެރި ގޮތަކަށް ނިންމާލުމަށާއި ޑެމޮކްރެޓިކް ވެރިކަމެއް އަލުން ގެނައުމަށް މަސައްކުރާ ޖަމިއްޔާއެވެ. މިޖަމިއްޔާއިން ބަލާލާނީ މެންބަރު ގައުމުތަކުން ސޮއެ ކޮއްފައިވާ މުއާހަދާތަކާ އެއްގޮތަށް ސުލްހަވެރި ވެރިކަމެއް ގެންގުޅޭތޯ ނުވަތަ ނޫންތޯއެވެ.
ފެބްރުއަރީ 7 ގައި ހިނގައިދިޔަ ވެރިކަން ބަދަލުވުމުގެ ޙާދިސާ ތަކާއި އޭގެ ފަހުން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހި ރާއްޖެ ވަނީ މި ކޮމިޓީ ބަލަމުންދާ ގައުމަކަށް ވެފައެވެ. އަދި މި ކޮމިޓީއިން މިކަމުގެ ސަބަބުން ވަކި ކުރެވިފައެވެ.
ކޯނީގެ ރިޕޯޓުނެރުމުން މަރުހަބާ ކިޔައިފަިއި ވާކަމަށް ދުންޔާ މައުމޫން އިތުރަށް ވިދާޅުވިއެވެ. ދިވެހި ރާއްޖެއަށް އެހީއެއް ނުލިބޭތީ ކޮމޮންވެލްތުގައި ހުރުމަކީ އެހާ މުހިއްމުކަމެއްކަމަށް ދެކެވަޑައި ނުގަތް ކަމަކު މިހާތަނަށްވެސް މެންބަރަކަށް ހުރުމުން އެކަން ދަމަހައްޓަން އެދޭ ކަމަށް އެނާ ވިދާޅުވިއެވެ.
ސީމެގްގެ އެޖެންޑާއިން ނެގުމަށް ދުންޔާ މައުމޫނު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ