އެންމެ ފައިދާ ނުވާ ތަރިން ލިސްޓުގެ އެއް ވަނަ ޖޮނީ ޑެޕަށް
އެންމެ ފައިދާ ކުޑަ ތަރިންގެ މިދިޔަ އަހަރުގެ ލިސްޓުގެ އެއް ވަނަ ޖޮނީ ޑެޕަށް ލިބިއްޖެ އެވެ. ފޯބްސް މަޖައްލާއިން ބުނީ ޑެޕްގެ އެންމެ ފަހު ދެ ފިލްމް ކަމަށްވާ "މޮރްދެޝާއީ" އަދި "ޓްރާންސެންޑެންސް" ކުޅުމަށް އޭނާ އަށް ދީފައިވާ އުޖޫރައިން ސްޓޫޑިއޯ އަށް ލިބުނު ފައިދާ ވަރަށް ކުޑަ ކަމަށެވެ. އެ ގޮތުން ޑެޕް އަށް ދިން ކޮންމެ އެއް ޑޮލަރު (15.42 ރުފިޔާ) އަކުން އަނބުރާ ލިބުނީ 1.20 ޑޮލަރު (18.5 ރުފިޔާ) އެވެ. ޑެޕް "މޮރްދެޝާއީ"ގައި. ވޭތުވެދިޔަ ދެ އަހަރު މި ލިސްޓްގެ އެންމެ ކުރީގައި އުޅުނީ އެޑަމް ސޭންޑްލާ އެވެ. ނަމަވެސް މި ފަހަރުގެ ލިސްޓުގައި އޭނާ ނުހިމަނަން ނިންމީ ނެޓްފްލިކްސް އާއެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުންނެވެ. އުމުރުން 52 އަހަރުގެ ޑެޕް ކުރީ އަހަރު އުޅުނީ މި ލިސްޓްގެ ދެވަނައިގަ އެވެ. މި އަހަރުގެ ލިސްޓުން ދެވަނަ ލިބުނީ ޑެންޒެލް ވޮޝިންޓަނަށެވެ. އެ ގޮތުން "ދަ އީކުއަލައިޒާ"ގެ ތަރިއަށް ދިން ކޮންމެ ޑޮލަރަކަށް 6.50 ޑޮލަރު (100.23 ރުފިޔާ) ފައިދާގެ ގޮތުގައި ސްޓޫޑިއޯ އަށް ލިބުނެވެ. ޑެޕް "ޓްރާންސެންޑެންސް"ގައި. ފޯބްސް އިން ބުނި ގޮތުގައި އެންމެ ފަހު "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ ހަތަރު ފިލްމުން ޑެޕް އެއިރު ވެފައިވަނީ "ފައިސާ އުފައްދާ ކާރުހާނާ"އަކަށެވެ. ސަބަބަކީ އެ ތިން ފިލްމަށް ޖުމްލަ 3.7 ބިލިއަން ޑޮލަރު (57 ބިލިއަން ރުފިޔާ) ލިބިފައިވާތީ އެވެ. އެއާ ހިލާފަށް މިދިޔަ ޖެނުއަރީ މަހު ރިލީޒް ކުރި ޑެޕް ގެ "މޮރްދެޝާއީ" އަށް ލިބުނީ އެންމެ 47 މިލިއަން ޑޮލަރު (724 މިލިއަން ރުފިޔާ) އެވެ. އެ ފިލްމް ހަދަން ދިޔަ ހަރަދަކީ 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ކަމަށް ވާތީ، އެ ފިލްމް ވީ ބޮޑު ފްލޮޕަކަށެވެ. މިދިޔަ އަހަރު ނުކުތް ޑެޕް ގެ "ޓްރާންސެންޑެންސް" އަށް ދިޔަ ހަރަދު ކަމަށްވާ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވެސް ލިބުނީ ކިރިޔާ ކަމަށް ފޯބްސް އިން ބުންޏެވެ. އަދި މި އަހަރު ނުކުތް ޑެޕްގެ "ބްލެކް މާސް" އަށް ވެސް ލިބުނީ އެންމެ 94.5 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) އެވެ. ޑެޕް "ބްލެކް މާސް"ގައި. ނަމަވެސް ޑެޕް ދިފާއު ކުރަމުން ފޯބްސް އިން ފާހަގަ ކޮށްފައިވާ ގޮތުގައި އެއް ބިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބުނު ޑެޕްގެ "އެލިސް އިން ވޮންޑަލެންޑް"ގެ ދެވަނަ ބައި ކަމަށްވާ "އެލިސް ތްރޫ ދަ ލުކިން ގްލާސް" އަންނަ މޭ މަހު އެޅުވުމުން ޑެޕްގެ ކެރިއަރު އަނެއްކާވެސް މެދުއުޑުގައި ފިޔަ ޖަހަން ފަށާނެ އެވެ. ވަކިން ހާއްސަކޮށް، 2017 ވަނަ އަހަރު ނުކުންނަ "ޕައިރެޓްސް އޮފް ދަ ކެރީބިއަން"ގެ ފަސް ވަނަ ފިލްމް ކަމަށްވާ "ޑެޑް މެން ޓެލް ނޯ ޓޭލްސް" އަށް ވެސް އާދަޔާ ހިލާފު ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ފޯބްސް އިން އަންދާޒާ ކުރެއެވެ. މި ދިޔަ އަހަރު އެންމެ ފައިދާ ކުޑަ ތަރިންގެ ލިސްޓްގެ ގަދަ ފަހެއްގައި ދެން ހިމެނެނީ ވިލް ފެރަލް، ލިއާމް ނީސަން އަދި ވިލް ސްމިތް އެވެ. ޑެޕް "އެލިސް އިން ވޮންޑަލެންޑް"ގެ ފުރަތަމަ ބައިގައި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ