ފިޤްހީ ބައެއް މައްސަލަތަކަށް ޓްވީޓަކުން ޖަވާބު ދިނަސް އޮޅުމެއް ނާރާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ ފިޤްހީ މައްސަލަތަކުގެ ހައްލު ޓްވީޓަކުން ދެއްވުމަކީ ޝަރުޢީ ކަންކަމުގައި ރައްޔިތުންނަށް އޮޅުން އަރާނެކަމެއް ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް ޙުސައިން ވިދާޅުވުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޤްހީ މައްސަލަތަކުގެ ތެރޭގައި ވެސް ކުރުކޮށް ޖަވާބުދެވޭ ކަހަލަ މައްސަލަ ހުންނަ ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ޓުވީޓުން ޖަވާބު ދިނުމަކީ ޢާންމުންނަށް އޮޅުންއަރާ ކަމަކަށް ވާން ނުޖެހޭ ކަމަށް މައުމޫން ވިދާޅުވިއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު އެހެން ވިދާޅުވީ ދަރިލެއްވުމުގައި ޑީއެންއޭ ޤަރީނާއެއްގެ ގޮތުގައި ނުބަލަންވީ ސަބަބެއް ނެތްކަމަށް މައުމޫން ވިދާޅުވުމާ ގުޅިގެންނެވެ.
ރާއްޖޭގެ އިލްމުވެރިންނާއި ގާނޫނީ ބޭފުޅުންގެ މެދުގައި މި ބަހުސް ފެށިގެންދިޔައީ ޒިނޭކޮށްގެން ލިބޭ ކުއްޖެއްގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް, އިސްލާމީ ޝަރީއަތުގައި އެއީ އެމީހަކު ޒިނޭ ކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް ދާދި ފަހުން ހައިކޯޓުން ކުރި ހުކުމަކާއި ގުޅިގެންނެވެ.
ފިޤްހީ ބައެއް މައްސަލަތަކަށް ޓްވީޓަކުން ޖަވާބު ދިނަސް އޮޅުމެއް ނާރާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ