އޮންލައިންކޮށް ކައިވެނިކޮށްދިނުން ހުއްޓާލައި ކޯޓާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭގޮތަށް ހަމަޖައްސައިފިއެވެ.
ފެމިލީ ކޯޓުން ބުނީ ކޮވިޑް-19 ގެ ހާލަތުގައި ފެމިލީ ކޯޓުން އޮންލައިންކޮށް ކައިވެނި ކޮށްދިން ނަމަވެސް، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން، ކޯޓަށް މީހުން ހާޒިރުކޮށްގެން ކައިވެނި ކޮށްދިމުނަށް ނިންމާފައިވާކަމަށެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދިނުން ހުއްޓާލުމަށް ނިންމާފައިވާކަމަށްވެސް ފެމިލީކޯޓުން ބުނެއެވެ.
ކޯޓުން ބޭރުގައި ކައިވެނީގެ މަޖިލިސް ބޭއްވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ފަރާތްތަކަށް ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމުގެ ކަންކަން ހަމަޖެހިގެން ދާނެކަމަށްވެސް ކޯޓުން ބުނެއެވެ.
ކޯޓުން ބޭރުގައި ކައިވެނިކޮށް ހުއްދަ ދެވޭނީ ކޯޓުން ކަނޑައަޅާ އުސޫލާއި އެޗްޕީއޭ އިން ނެރޭ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް ފެމިލީ ކޯޓުން ބުނެއެވެ.
އަދި ކައިވެނީގެ މަޖްލިސް ބާއްވާ ތަން އެފަދަ މަޖްލިހެއް ބޭއްވުމަށް އެކަށީގެންވާ ގޮތަށް، އިމާރާތުގެ ގްރައުންޑް ފްލޯގައި ހަދާފައި ހުންނަ މީހުން ދިރިނޫޅޭ ތަނަކަށް ވާންޖެހޭނެކަމަށްވެސް ކޯޓުން ބުނެއެވެ.
ކޯޓާއި ކޯޓުން ބޭރުގައި މިހާރު ކައިވެނިކުރެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ