ފޫގަޅައިގެން މި ތިބީ ރައްޔިތުން އަރުވާފައި ތިބި ޅޮސް އުނދޯލިން ބާލަން: ޣައްސާން

ޕީޕީއެމްއިން ސާބިތުކަމާއި އެކު ތިބީ ސަރުކާރުން، ރައްޔިތުން އަރުވާފައި ތިބި ޅޮސް އުނދޯލިން ބޭލުމަށް ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން ރޭ ތ. ގުރައިދޫގަ އާއި މާލޭގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، 2003 ވަނަ އަހަރުން ފެށިގެން ކޮންމެ ފަސް އަހަރަކުން މުޅި ގައުމަށް މާނަވީ ގޮތެއްގައި، ދީނީ ގޮތުން އަދި އިޖްތިމާއީ ގޮތުން އަދި އިގުތިސާދީ ގޮތުން ހީނަރު ކަމެއް އަންނަ ކަމަށެވެ. އަދި ޤައުމު ކުރިއަށް ދިއުމުގެ ބަދަލުގައި ފަހަތަށް އަންނަގޮތް ވާކަމަށާއި، އެގޮތަށް ކަންތައް ދިމާވަނީ ދިވެހި ދައުލަތް ހިންގުމާ ވަކި ބަޔަކު ހަވާލުވާ ދަނޑިވަޅެއްގައި ކަމަށްވެސް ޣައްސާން ވިދާޅުވި އެވެ.
ޣައްސާން ވިދާޅުވީ ގައުމު މިހާރު އޮތީ ހީނަރުވެ ދީނަށް ގޮންޖަހާ އިޖްތިމާއީ ފޭރާން ވީދިފައިކަމަށާއި، މިކަން ދިމާވީ އަދުގެ ސަރުކާރުގެ ސަބަބުން ކަމަށެވެ. އެހެންކަމުން މިކަމުން ސަލާމަތްވުމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"މި ސަރުކާރު ދެމި އޮންނަހާ ހިނދަކު ރައްޔިތުންނަށް ދިމާވަމުންމިދާ ގިލަންވެރިކަމާ ހިތްދަތިކަމާ ނިކަމެތިކަމުގެ ކާވް ފްލްޓަން ކުރެވޭނެ ގޮތެއް ބަލަން އެބަޖެހޭ." ޣައްސާން ވިދާޅުވި އެވެ.
ޣައްސާން ވިދާޅުވީ ސަރުކާރާއި އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށް ކުރާ ނޭދޭވޭ އަސަރުން ސަލާމަތްވެވެން އޮތީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ޕީޕީއެމްއަށް ކާމިޔާބު ކޮށްގެންކަމަށެވެ.
މީގެ އިތުރުން ޣައްސާން ވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ކޮވިޑް-19 ގެ ތެރޭގައި ވެންޓިލޭޓަރުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވި އަމިއްލައަށް އިސްތިއުފާ ދެއްވި ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ސަރުކާރުން ފިޔަވަޅެއް އަޅާފައިނުވާތީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. މީގެ އިތުރުން މަރުތައް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނާއި ކޮރަޕްޝަން ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަން ފާހަގަކޮށް ވެސް ޣައްސާން ވަނީ ފާޑު ވިދާޅުވެފަ އެވެ.
ޣައްސާން ވިދާޅުވީ އިޤްތިސާދުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް މިއަދު ނެތްކަމަށާއި، އިޤްތިސާދީ ސިޔާސަތެއް މިހާރު ނެތް ކަމަށެވެ. މިސަރުކާރު އައީ ލޯނު ނުނަގާނެ ކަމުގެ ވައުދާއި އެކު ނަމަވެސް، މި އަހަރުގެ ބަޖެޓްވެސް އޮތީ ބޮޑުތަނުން ދަރަނިވާގޮތަށް ކަމަސް ޣައްސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރައީސް ޔާމީންގެ ފަހަތްޕުޅުގައި ވަރަށް ސާބިތު ކަމާއެކު ތިބެގެން ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބަށް މުންޑު އަރުވާ ޖަހާ މި ފޫ ގަޅަނީ. އެމްޑީޕީ ވަރަށް ހީލަތްތެރިކަމާއި ހެއްލުންތެރިކަމާ އެއްކޮށް ރައްޔިތުން އަރުވައިގެން މިއުޅޭ ޅޮސް އުނދޯލިން ބާލަން." ޣައްސާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ