މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތް 2019 ގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ޣާޒީ ސްކޫލް ހޯދައިފިއެވެ.
ޣާޒީ ސްކޫލް ޗެމްޕިއަންކަން ހޯދީ ހޯމަ ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ޅ. އަތޮޅު ތައުލީމީ މަރުކަޒު އަތުން ޕެނަލްޓީ ޖަހައިގެން 7-6 އިން މޮޅުވެގެންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. އަބްދުﷲ އަރީން މުހައްމަދުގެ ގޯލުން ޅ. އަތޮޅު ތައުލީމީ މަރުކަޒު ލީޑު ނަގާފައިވަނިކޮށް ޣާޒީ ސްކޫލުން ވަނީ ދެ ގޯލު ޖަހައި، އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ. އެ ޓީމުގެ ގޯލުތައް ޖެހީ މުހައްމަދު އައިހަމް އިބްރާހިމް އާއި ޔޫސުފް އަބްސަމް އެވެ. ޅ. އަތޮޅު ތައުލީމީ މަރުކަޒަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލީ އަފްޒާން އިބްރާހިމް އެވެ.
އެހެންކަމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ޣާޒީ ސްކޫލް ކުރިހޯދީ 5-4 އިންނެވެ.
މެޗަށްފަހު ކޯޗު އަބްދުﷲ ސުޖާއު ބުނީ ފައިނަލް މެޗަކީ ބާލަހިތްވާކަހަލަ ފޯރިގަދަ ފައިނަލް މެޗެއް ކަމަށެޗެ. އަދި ކުޅުންތެރިންގެ ފަރާތުން މި މެޗުގައި ފެނުނު މޮޅު ކުޅުން ކޯޗު ފާހަގަކުރިއެވެ.
އިންޓަރ ސްކޫލުގެ 18 އަހަރުން ދަށުގައި 12 ގޯލާއެކު އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ޣާޒީ ސްކޫލްގެ ޔޫސުފް އަބްސަމް އެވެ. ފެއާ ޕްލޭ ސްކޫލަކަށް ހޮވުނީ އިމާދުއްދީން ސްކޫލެވެ.
މިއަހަރުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ބައިގައި މިފަހަރު 18 ސްކޫލަކުން ވާދަކުރިއެވެ.
13 އަހަރުން ދަށުގެ ޗެމްޕިއަންކަން ޣާޒީ ސްކޫލް ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ