ނަރުދޫ ހުރިހާ ގެއެއްގެ ކަރަންޓްބިލް، ދާއިރާގެ މެމްބަރު ދައްކައިދެއްވައިފި

ށ. ނަރުދޫ ހުރިހާ ގެއެއްގެ މިދިޔަމަހުގެ ކަރަންޓު ބިލް އެ ދާއިރާގެ މެމްބަރު އަލީ ރިޒާ ދައްކައިދީފައިވާކަމަށް އެރަށުން މަޢުލޫމާތު ދީފިއެވެ.
އޮންލައިން ނޫސް ސީއެންއެމް އަށް ނަރުދޫ ކައުންސިލުން މައުލޫމާތު ދެއްވާފައިވަނީ އެރަށު ހުރިހާ ގެއެއްގެ މޭ މަހުގެ ކަރަންޓް ބިލް ދައްކައި ދީފައިވަނީ މިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ރިޒާކަމަށާއި އެގޮތުން މީހުން ދިރިއުޅޭ 87 ގެއެއްގެ ބިލް ދައްކައިދީފައިވާ ކަމަށެވެ. އެހެންކަމުން ރަށު ރައްޔތުންގެ ނަމުގައި މެމްބަރަށް ޝުކުރު ދަންނަވާކަމަށް ވެސް ރަމްޒީގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.
ކޮވިޑް-19 ގުޅިގެން ނަރޫދޫ 34 ދުވަހު ފުރަބަންދުގައި ބޭއްވުމަށް ފަހު ރޭގެ ވަގުތެއްގައި އެރަށް އާންމު ހާލަތަށް ބަދަލުކުރިކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން އަންގާފައިވާއިރު ރަށް ބަންދުކުރެވިފައި އޮތުމުން އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި އަތޮޅުގެ އެކި ރައްތަކުގެ ރައްޔިތުންގެ އެހީތެރިކަން އެރަށު ކައުންސިލަށް ވަނީ ލިބިފައިކަމަށް ކައުންސިލުން ބުނެއެވެ.
މިލަންދޫ ދާއިރާގެ މެމްބަރު ރިޒާ ވިދާޅުވީ ނަރުދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިހާލުގައި އެންމެ ކައިރިން މަސައްކަތް ކުރަންޖެހޭ މީހެއްގެ ހައިސިއްޔަތުން އެހީތެރިވުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ.
ނަރޫދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ 11 މީހުންނެވެ. އެހެންކަމުން ފުރަބަންދުގެ ދުވަސްވަރު އެރަށު ރައްިޔިތުންނަށް އަސާސީ ހިދުމަތް ލިބުމުގައި ދަތިތަކާ ކުރުމަތިވެވެފައިވާއިރު ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަނުޖެހި މާބަނޑު އަންހެނެއްގެ ބަނޑަށް ދަރި ވަނީ މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ