ރައީސް ޔާމީންގެ ކިބައިން ދަސްވީ އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ސިޔާސަތު - މެމްބަރު މުފީދު

ރައީސް ޔާމީންގެ ކިބައިން ދަސްވީ އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ސިޔާސަތު ކަމަަށް މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ.
ފ. ނިލަންދޫގައި މިރޭ ޕީޕީއެމުން ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު މުފީދު ވިދާޅުވީ، ދިވެހިން އުންމީދު ނުކުރާފަދަ ބޮޑު ތަރައްގީއެއް ރައީސް ޔާމީން މި ގައުމަށް ގެނެސްދެއްވައިފި ކަމަށާއި ރައީސް ޔާމީންގެ ކިބައިން ދަސްވީ އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ ސިޔާސަތު ކަމަަށެވެ.
ރައީސް ޔާމީން ގެނެސް ދެއްވަމުންދާ ތަރައްގީއަށް އިޝާރަތް ކުރައްވާ މެންބަރު މުފީދު ވިދާޅުވީ، ދިވެހި ޤައުމުގެ ތަރައްޤީވެގެން އަންނަ މަންޒަރާއި ދިވެހިންނާއި ޒުވާނުންނަށް ލިބެމުންދާ ފަސޭހަތައް ލިބިފައިވަނީ ރައީސް ޔާމީންގެ ސަބަބުން ކަމަށެވެ.
"އަސުރުމަލުގެ ސިޔާސަތު މިގައުމުގައި ފަތުރާލަދެއްވީ ރައީސް އަބްދުﷲ ޔާމީން، ތަރައްޤީއާއި އެކީގައި ކުރިޔަށް ދާނީތޯ ނޫނީ ނޫންތޯ ނިންމުމުގެގެ އިހްތިޔާރުވެސް ދިވެހިންނަށް, އިދިކޮޅު ފަރާތްތަކުން ވެސް އަޅުގަނޑުމެންނާއި ގުޅިވަޑައިގަތުމަށް ވެލްކަމް އަޅުގަނޑުމެން ކިޔާނަން،" މެމްބަރު މުފީދު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުފީދު ވަނީ އިދިކޮޅު ފަރާތްތަކަަށް ފާޑުވިދާޅުވެ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން އިންތިހާބާއި ދިމާކޮށް ރައްޔިތުންގެ ކައިރިއަށް ވޯޓް ހޯދަން ދާން އިދިކޮޅު ފަރާތްތަކުން ލަދުގަންނަން ޖެހޭނެ ކަމަށް މުފީދު ވިދާޅުވިއެވެ. މުފީދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ އަރިހަށް ދާއިރު އެބޭފުޅުންގެ ފަރާތުން ރައްޔިތުންނަށް މަދަދު ލިބޭ އެއްވެސް ކަމެއް ނުފެންނަ ކަމަށާއި އިދިކޮޅު ފަރާތްތަކުން ރާޢްޖޭގެ ރަށްތަކަށް ޒިޔާރަތް ކުރައްވާއިރު، ރައީސް ޔާމީންގެ ސަރުކާރުން ކޮށްދީ ނިންމަވާފައިވާ ކަންތައްތައް ކޮށްދެއްވާނެ ކަމަށްބުނެ ވައުދު ވަމުން ދާކަމަށެވެ.
"އިދިކޮޅު ފަރާތްތަކުން ދިވެހި ރައްޔިތުންނަށް ލަނޑު ދީފައި، އިދިކޮޅު ފަރާތްތަކުން ވޯޓަށް އަހަން ދާއިރު އެ ފަރާތްތަކުން ވަނީ ރައްޔިތުންނަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޕީއެސްއައިޕީ ޑޮމެސްޓިކް ބަޖެޓަށް ވޯޓް ދެއްވަންވެސް އިންކާރު ކުރައްވާފައި. އެއްވެސް ބަޖެޓަކަށް ވެސް ވޯޓް ނުދެއްވާ،" މެމްބަރު މުފީދު ވިދާޅުވިއެވެ.
މުފީދް ވިދާޅުވީ މުފީދު ވިދާޅުވީ، ރައީސް ޔާމީންގެ ސިޔާސަތަކީ ދުރު ވިސްނޭ ސިޔާސަތެއް ކަމަށާއި ދިވެހި އުދަރެހުން މާޒީވެގެންދާ ބައި ގަރުނުގެ ތެރޭގައި އެންމެ އަލިގަދަކޮށް ފިޔަ ޖެހި ތަރިއަކީ ރައީސް ޔާމީން ކަމަށެވެ. އަދި މިއަދު ދިވެހި ރައްޔިތުންގެ އަތްމަތީގައި ޤައުމީ ޒިންމާއެއް އެބައޮތް ކަމަށާއި ރައްޔިތުންގެ އުންމީދުތައް މިހާ ހިސާބަށް ގެނެސްދެއްވީ މި ސަރުކާރުން ކަމަށްވެސް މުފީދު ވިދާޅުވިއެވެ.
"ރައީސް ޔާމީން ދެނެވަޑައިނުގަންނަވާ އެއްވެސް މީހަކު މިގައުމުގައި ނުހުނާނެ, ތުއްތު ކުދިންވެސް ރައީސް ޔާމީންގެ ނަން ކިޔަމުންދޭ, ދިވެހި ތާރީހުގައި ރަން އަކުރުން ރައީސް ޔާމީންގެ ނަން ލިޔެވޭނެ،" މުފީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ