ލިޔުންތަކަށް ކޮފީ އެޅުނު ނަމަވެސް އަލީ ހަމީދުގެ މައްސަލަ ސާބިތު ނުވާ ކަމަށް ނުނިންމާނެ ކަމަށް އުއްމީދުކުރަން: އެމްޑީޕީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ކޮރަޕްޝަން މައްސަލައިގެ ލިޔެކިޔުންތަކުގެ މައްޗަށް ކޮފީ އުޅުމުގެ ސަބަބުން އެލިޔެކިޔުންތައް ހަލާކުވެފައިވާ ކަމަށް ބުނި ނަމަވެސް އެ ސަބަބާ ހުރެ މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނުނިންމާނެ ކަަމަށް އުއްމީދުކުރާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކޮރަޕްޝަން މައްސަލައިގެ ލިޔެކިޔުންތައް ކޯޓުގައި ވަނިކޮށް އެ ލިޔެކިޔުންތައް ހަލާކުވީ ކޮފީ އެޅިގެން ކަމަށް ބުނީތީ އެސަބަބާ މެދު އެމްޑީޕީން ނުހަނަ ހައިރާންވެ ކަންބޮޑުވާ ކަމަށެވެ.
އަލީ ހަމީދުގެ މައްސަލަތައް ނުބެލި ދާދިއުމާއި، މައްސަލައެއް ކޯޓާ ހަމައަށް ހިނގައްޖެނަމަ ދެން އެދިމާވާ ގޮތްތަކަކީ ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ އޮތްގޮތް ނިކަން ރަނގަޅަށް ހާމަކޮށްދޭ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.
އެމްޑީޕީން ބުނީ ފަނޑިޔާރަކު ފާސިދުވެ، ކޮރަޕްޓްވެ، އަބުރު ގެއްލި ނުވަތަ ބްލެކްމޭލް ކުރެވިފައިވާ ކަމުގެ ބޮޑު ތުހުމަތެއް އޭނާގެ މައްޗަށް ކުރެވިފައިވާނަމަ ޝަރީއަތްތަކެއް ހިންގާ ކުށް ސާބިތު ކުރުމަކާ ވެސް ނުލައި ފަނޑިޔާރުން މަގާމުން ދުރުކުރާ ކަމީ ރާއްޖޭގެ ޖުޑިޝަރީގެ ނިޒާމުން ދަސްކުރަން ޖެހިފައިވާ ކަމެއްކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
"މިގޮތުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކަސްބީ އަންހެނުންނާއެކު ބަރަހަނާކޮށް ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ކަމަށް ބެލެވޭ ވީޑިއޯ އާންމުވެ ހާމަވެފައިވާއިރު އާއި، އަދި އެ މައްސަލައާއި އެ ފަނޑިޔާރު ބްލެކްމޭލް ކުރެވިފައިވާކަމުގެ މައްސަލަ ވެސް ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާ ކަމަށް ބުނާއިރު އާއި، މީގެ އިތުރުން ކޮރަޕްޝަނުގެ މައްސަލައެއް ވެސް އެ ފަނޑިޔާރުގެ މައްޗަށް ކްރިމިނަލް ކޯޓަށް މިހާރު ވެސް ހުށަހެޅިފައިވާއިރު، އެފަނޑިޔާރު ސްޕްރީމް ކޯޓުގެ ބެންޗްގައި ޝަރީއަތް ކުރެއްވުމުގައި ދެމިހުންނަވާ ދެމިހުންނެވުމަކީ ޝަރުއީ އަދި ދުނިޔޭގެ އެއްވެސް ގާނޫނީ ހަމައެއް ދަންނަ ކަމެއް ނޫނެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ