މިސަރުކާރުގައި ކޮރަޕްޝަންގެ މައްސަލަ ހުރިކަމަށް މެމްބަރު އަފީފް ވިދާޅުވެއްޖެ
މިސަރުކާރުގައި ކޮރަޕްޝަންގެ މައްސަލަ ހުރިކަމަށް ރައްޔިތުން މަޖިލީހުގެ ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަހުސް ކުރައްވަމުން އަފީފް ވިދާޅުވީ ކުރީގެ ސަރުކާރުގެ ވާހަކަ ދައްކާއިރު މި ސަރުކާރުގެ އަމަލުތައް ހުރި ގޮތްވެސް ބަލައިލަން ޖެހޭ ކަމަށެވެ. އަދި އެކަންކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.މާލިއްޔަތު ކޮމިޓީއަށް ދާދިފަހުން ހުށަހެޅުނު ސިޓީއެއްގައި މި ސަރުކާރުގެ ތެރެއިން ހިނގާފައި އޮތް ކޮރަޕްޝަނާ ގުޅޭ މައްސަލައެއް ހާމަ ކުރައްވަމުން އަފީފް ވިދާޅުވީ ދައުލަތުގެ 90 ޕަސަންޓު ހިއްސާވާ ކުންފުންޏަކުން ހެޔޮ އަގެއް ހުށަހަޅާފައި ވަނިކޮށް ކުރީގެ ސަރުކާރުން ކޮރަޕްޝަންގެ ތެރެއިން ކަންކަން ހިނގަމުން ދިޔަ ކުންފުންޏަކަށް 25 މިލިއަން ރުފިޔާ އިތުރަށް ބޮޑު އަގެއްގައި ހަވާލު ކޮށްފައިވާ ކަމަށެވެ." އެ މަޝްރޫއަށް ގެންނަން ޖެހޭ މުދާވެސް ގެނެސް އެކަންތައް ވަނީ ނިންމާލާފަ. އާދެ އިއްޒަތްތެރި ރައީސް ޒީރޯ ޓޮލަރަންސް. އަޅުގަނޑުމެން އަދި ޒީރޯ ޓޮލަރަންސް އޭ ކިޔައިގެން ތިބެގެނެއް ކަމަކު ނުދާނެ. އަޅުގަނޑުމެން އެބަޖެހޭ މިކަންކަން ބަލަން ހާއްސަކޮށް މި މަޖިލީހުން އަޅުގަނޑުމެން އެބަޖެހޭ ކިހިނެތްތޯ މިކަން ހިނގާފަ އޮތީ ބަލަން ޖެހޭ،" އަފީފް ވިދާޅުވިއެވެ.އެކަމާ ގުޅޭ ސިޓީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށްވެސް ލިބިފައިވާ ކަމަށާއި ނަމަވެސް މަޖިލީހުގައިވެސް ކަންކަން އޮންނަ ގޮތުން މާލިއްޔަތު ކޮމިޓީ މެންބަރަކަށް ލިބޭ ސިޓީއެއް މާލިއްޔަތު ކޮމިޓީން ބެލޭ ކަމަކަށް ނުވާ ކަމަށްވެސް އަފީފު ވަނީ ވިދާޅުވެފައެވެ.ރައްޔިތުންނަށް ފައިދާއެއް ކުރަން އޮތީ މިކަންތައްތައް ތަންފީޒު ކުރަން ތިބޭ ފަރާތްތަކުގެ ތިބި އިޚްލާސްތެރިކަމާއި ނަޒާހަތްތެރިކަމެއްގެ މައްޗަށް ކަމަށްވެސް އަފީފް ވަނީ ވިދާޅުވެފައެވެ." މިއަދު އަޅުގަނޑުމެން މިތިބީ ނަޒާހަތްތެރި މަޖިލީހެކޭވެސް ކިޔައިގެން މިތާނގަ މިތިބެނީ އަޅުގަނޑުމެންގެ ނަޒާހަތްތެރިކަން ހުރީ ކިހާ ވަރަކަށްތޯ އަޅުގަނޑުމެންވެސް އެބަ ޖެހޭ ބަލައިލަން." އަފީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ