ހޯމް މިނިސްޓަރު އުމަރު ރާއްޖޭގެ ޖަލުތަކަށް ޒިޔާރަތްކުރައްވައިފި

މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު މިއަދު ރާއްޖޭގެ ޖަލުތަކަށް ޒިޔާރަތްކުރައްވައިފި އެވެ.
ހޯމް މިނިސްޓަރު ޒިޔާރަތްކުރައްވާފައިވަނީ މާލެ ޖަލުގެ އިތުރުން ދޫނިދޫ ޖަލަށާއި ހުޅުމާލޭ ޖަލާއި މާފުށީ ޖަލަށާއި ހިންމަފުށީ އައްސޭރި ޖަލަށެވެ.
ހޯމް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ހޯމް މިނިސްޓަރު ޖަލުތަކަށް ޒިޔާރަތްކުރެއްވީ ޖަލުތަކުގައި ކަންތައްތައް ހިނގަމުންދާ ގޮތް ބަލައި ޖަލުތަކުގެ ފެންވަރު ބެއްލެވުމަށެވެ.
އަދި މި ޒިޔާރަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނާއި ބައެއް ގައިދީންނާއި ބައްދަލުކުރެއްވި ކަމަށް ވެސް ހޯމް މިނިސްޓްރީން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ