ހައްޔަރު ކޮށްފައިވާ އދ.މާމިގިލީ އަށް އުފަން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިލް އިބްރާހިމް ދޫކޮށްލުމަށް ގޮވާލާ އެ ރަށު ރައްޔިތުންތަކެއް އދ.ފެންފުށި އަށް ގޮސް މުޒާހަރާ ކޮށްފިއެވެ.
ފެންފުށީ ރައްޔިތަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ މިއަދި 3:30 ހާއިރު މާމިގިލިން ހަތަރު ދޯނީގައި އެރަށު ރައްޔިތުންތަކެއް އައިސް ފެންފުށީގައި މުޒާހަރާ ކުރި ކަމަށާއި އެގޮތުން 200 މީހުން މި މުޒާހަރާއި ބައިވެރިވި ކަމަށެވެ.
"ފެންފުށީން މުޒާހަރާ އަށް ނިކުންނާނެ މީހަކު ނުވެގެން މާމިގިލީ މީހުން އައިސް މުޒާހަރާ ކުރީ، ފެންފުށިން ނިކުތީ 40 ވަރަށް މީހުން، އެއީ ވެސް ވަޒީފާގެ ބިރު ދައްކައިގެން ނެރުނު މީހުން، ފެންފުއްޓަކީ ރައީސް ޔާމީން އަށް ތާއިދުކުރާ ބަޔަކު އުޅޭ ރަށެއް،" އޭނާ ބުންޏެވެ.
މުޒާހަރާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަދާލަތު ޕާޓީގެ ލީޑަރ ޝެއިހް އިމްރާން ފަދަ ޖަލު ހުކުމެއް އައިސްފައިވާ މީހުން މިނިވަން ކުރަން ސަރުކާރަށް ގޮވާލި ކަމަށް އޭނާ ބުންޏެވެ.
"މި މުޒާހަރާގެ ސަބަބުން ފެންފުއްޓަށީ ރައްޔިތުން ވަރަށް ހިތާމަ ކުރޭ، ފެންފުއްޓަށް އައިސް ރައީސް ޔާމީން އަށް ތާއީދު ނެތްކަން ދެއްކުމަށް މަސައްކަތް ކުރުމުން، ފެންފުށީގައި މިހާރު ވެސް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަދޭ، ވަރަށް ގިނަ ތަރައްގީގެ މަޝްރޫއުތަށް ފެށިގެން އެބަދޭ، އެފަދަ ހާލަތެއްގައި ފެންފުއްޓަށް އަރައި މުޒާހަރާ ކުރުމުން އެ ލިބިގެން ދަނީ ވަރަށް ހަޑި ނަމެއް" އޭނާ ބުންޏެވެ.
ގާސިމް ހައްޔަރުކުރުމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެޖެންޑާކޮށް ވަގުތު ކައިރިވެފައިވަނިކޮށް، ގާސިމް ބޭނުންވާ ވަކިގޮތަކަށް އެ ވޯޓު އަނބުރާލުމަށްޓަކައި، މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ، އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ކަމަށެވެ
ގާސިމް ދޫކޮށްލުމަށް ގޮވާލާ މާމިގިލީ ރައްޔިތުންތަކެއް ފެންފުށްޓައް ގޮސް މުޒާހަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ